ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ޚާއްޞަ ހެނދުނުގެ ނާސްތާއެއް ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ޚާއްޞަ ހެނދުނުގެ ނާސްތާއެއް ބާއްވައިފި

އޮކްޓޯބަރ 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ބައިނަލް އަޤްވާމީ ފެންވަރުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ދިވެހިރާއްޖޭގައިވެސް މިއަދު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އިސް ނަގައިގެން ދަނީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުންނެވެ.

ދަނޑުވެރިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކަށް FAO އިން ކަނޑައަޅުއްވާފައިވަނީ

Our Actions are Our Future. Healthy Diets for a Zero Hunger World. މިޝިޢާރެވެ. ދުވަހުގެ ޝިޢާރާއި ގުޅުވައިގެން ހިންގާ މައިގަނޑު ޙަރަކާތްތައް ފަށާފައިވަނީ ދައުލަތުގެ މުޢައްޞަސާ ތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތައް އަދި ރާއްޖޭގައި ޙަރަކާތްތެރިވާ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އޮފީސްތަކުގައި ހެނދުނު ބޭއްވުނު "ހެލްތީ ބްރެކްފަސްޓް" އަކުންނެވެ. މި އިވެންޓަކީ ހެނދުނު ފުރިހަމަ ނާސްތާއަކަށްފަހު މަސައްކަތްތައް ފެއްޓެވުމުގެ މުހިންމުކަމާއި ކެއިންބުއިމުގައި ޞިއްޙީ ގޮތުން ދުޅަހެޔޮ ކާނާގެ ބާވަތްތައް ހިމެނުމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންގޮސްފައިވާ އިވެންޓެކެވެ.

މިއިވެންޓުގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ދެއްކެވި ވާހަކަފުޅުގައި ކެއިން ބުއިމުގައި ޞިއްޙީގޮތުން ދުޅަހެޔޮ ކާނާ ބޭނުން ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލި އަޅުއްވާލައްވާފައެވެ. މަސްވެރިކަމާއި ދަނޑުގޮވާން ކޮށްގެން އުފައްދާ ތަކެއްޗަކީ ކާނާގެ މައިގަނޑު އަސާސްތައް ކަމަށްވުމާއެކު އެބާވަތްތައް އުފެއްދުމުގައި ޙަރަކާތްތެރިވާ ދަނޑުވެރިންނަށާއި މަސްވެރިންނަށް ފަހި މާޙައުލެއް ތަނަވަސްކޮށްދީ، އެބޭފުޅުންގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ މަގު ތަނަސްކޮށްދިނުމާއި، އުފައްދާތަކެތީގެ ފެންވަރު ރަނގަޅު ކުރުމަށާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިހާރަށްވުރެ އިތުރު ހިތްވަރަކާއެކު ދަނޑުވެރިންނާއި މަސްވެރިންނާއި ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް މިނިސްޓްރީގެ މުވައްޒަފުންނަށް މިނިސްޓަރ ވަނީ  އިލްތިމާސް ކުރައްވާފައެވެ.    

މިއަދު އޮންލައިން