ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި

ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރުމަށް 14 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ އާ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި އާ ގަވައިދުގައި ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންނަށް މާކްސް ދިނުމުގައި ކްރައިޓީރިއާތައް ވަނީ ތަފާތުކޮށްފަ އެވެ. އެގޮތުން އާ ގަވާއިދުގައި ތައުލީމު އަދި ތަޖުރިބާގެ ބައިގެ އިތުރުން އިންޓެގްރިޓީގެ ބަޔަށް މާކްސް ދިނުމަށްވެސް ވަނީ ހިމަނާފަ އެވެ. ކުރިން އަމަލުކުރަމުން ދިޔަ ގަވައިދުތަކުގެ ދަށުން މާކްސް ދޭއިރު ދުސްތޫރީ، ގާނޫނީ އަދި ޝަރީއާގެ ބައިން ވަކިވަކިން މާކްސް ދީފައިވެ އެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އެ ބޭފުޅުންނާ މެދު ގޮތް ނިންމޭނެ ތިން ދަރަޖައެއް ވެސް އާ ގަވައިދުގައި ވަނީ ކަނޑައަޅާފަ އެވެ.

އޭގެތެރޭގައި ހައިލީ ރެކޮމަންޑަޑް ނުވަތަ ރެކޮމަންޑަޑް ނުވަތަ ނޮޓް ރެކޮމަންޑަޑް ދަރަޖައިން ކުރެ ކޮންމެވެސް އެއް ދަރަޖައެއް ދިނުމަށް ގަވައިދުގައި ލާޒިމުކޮށްފައިވެ އެވެ. މިގަވައިދުގައި ބުނެފައިވަނީ ފަނޑިޔާރު ކަމަށް އައްޔަންކުރާނީ އިންޓަވިއުއަށް ފަހު އެންމެ މަތީ ދަރަޖަ ލިބޭ ބޭފުޅުން ލިސްޓްކުރުމަށްފަހު ލިސްޓުގައިވާ ތަރުތީބުން ސިއްރު ނޫން ވޯޓެއް ނަގައިގެން ކަމަށެވެ.

ގެ އާ ގަވާއިދަކަށް އަމަލުކުރަން ފަށާފައި މިވަނީ މީގެކުރިން ބައެއް ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުުރުމުގައި ވަކިވަކި ގަވައިދުތަކަކަށް އަމަލުކުރަމުން ދިޔަ ގޮތް ނިމުމަކަށް ގެނައުމަށްފަހުއެވެ.

 

 

 

މިއަދު އޮންލައިން