ރަސޫލާ (ޞޢވ) އަށް މަލާމާތްކޮށް ފުރައްސާރަކުރާ މީހުން ބިރުވެތިވުމަށް އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފި އެވެ.
ޝައިޚް ވިދާޅުވީ "ކީރިތި ރަސޫލާ صلى الله عليه وسلم އަށް މަލާމަތްކޮށް ފުރައްސާރަކުރާމީހުން ދުނިމަތީގައިވެސް އެމީހުން ނިކަމެތިކުރައްވައި ބަލާއާއި މުޞީބާތް އެމީހުންނަށް ޖައްސަވާނެކަމީ ޝައްކެއް އޮތް ކަމެއްނޫން ކަމަށާއި އަދި އާޚިރަތުގައި ވޭންދެނިވި ޢަޒާބު އެމީހުންނަށްހުރި!" ކަމަށް ބިރުވެތިވާން ޖެހޭނެ ކަމަށެވެ.
ޝައިޚް މުޙައްމަދު ލަޠީފް ވަނީ ރަސޫލާ (ޞޢވ) އަށް މަލާމަތްކޮށް ފުރައްސާރަކުރާ އެމްޑީއެން އުވާލުމަށް މިއަދުވެސް ގޮވާލައްވައިފައެވެ.