ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީލިޔުން ދިފިއެވެ.
މި މުބާރާތަކީ ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން، ދިރާގުގެ ސްޕޮންސާޝިޕުގެ ދަށުން މިދިޔަ ހުކުރު ދުވަހު ބޭއްވި މުބާރާތެކެވެ.
ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީލިޔުން ހަވާލުކުރެއްވުމަށް މިރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާގައި ހަނދާނީލިޔުން ހަވާލު ކުރެއްވީ، މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.
މި ހަފްލާގައި ގިނަ އަދަދެއްގެ އާއްމުންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވެސް ވަނީ ބައިވެރިވެފައެވެ.
ގައުމީ ފެންވަރުގެ ފެތުންތެރިންގެ އިތުރުން ދުވުންތެރިން ވެސް ވާދަކުރި މި މުބާރާތް ބާއްވާފައިވަނީ ރަސްފަންޏާއި ދިމާލުން މޫދުގައެވެ. މި ރޭހުގައި ޖުމްލަ 198 ފެތުންތެރިން ބައިވެރިވިއެވެ.