ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކޮށްދިނުމަށް އެދި ޑްރަގް ކޯޓުގެ ގާޒީ މަހާލު އަލީ ޒާހިރު އާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އަނބިކަނބަލުން، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވައިފި އެވެ.
“ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ގދ. މަޑަވެލި، މޭނާ އޛ. މަޙާޒު ޢަލީ ޒާހިރު އާއި ސ.ހުޅުދޫ، ގޯރަންވިލާ އޛ. ފާޠިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު މިއަދު ފޮނުވައިފިން."—ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.