ސީ.އެޗް.އެސް.ސީ ގައި 8 ބުރި އިމާރާތެއް ކުރަން އާރުސީސީއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ސީ.އެޗް.އެސް.ސީ ގައި 8 ބުރި އިމާރާތެއް ކުރަން އާރުސީސީއަށް!

ގްރޭޑް 11،12 އަސް ކިޔަވައިދިނުމަށް ސަރުކާރުން ހިންގަމުން އަންނަ  ސީއެޗްއެސްއީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި 8 ބުރީގެ ޢިމާރާތެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި މިއަދު ޙަވާލުކޮށްފިއެވެ. 

މިއަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މި މަޝްރޫއަކީ ދައުލަތުިގެ ބަޖެޓުން 33,430,378.77 (ތިރީސް ތިން މިލިއަން ހަތަރަސްތޭކަ ތިރީސް ހާސް ތިންސަތޭކަ ހަތްދިހަ އަށް ރުފިޔާ ހަތްދިހަ ހަތް ލާރި) ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި ޢިމާރާތުގެ މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަމަޖެހިފައެވެ. 

އެހެންކަމުން 2020 ވަނަ އަހަރު ޑިސެމްބަރ މަހުގެ ކުރީކޮޅު ޢިމާރާތުގެ މަސައްކަތް މުޅިން ނިމި މިޢިމާރާތުގެ ބޭނުންކުރަން ފެށޭނެކަމަށް އުންމީދުކުރާ ކަމަށް އެޑިޔުކާޝަން މިނިސްޓްރީން ބުނެފައިވެއެވެ. 

 

 

 

މިއަދު އޮންލައިން