އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް ރައީސް ޞާލިޙް އެއްވެސް ކަމެއް ނުކުރައްވާނެ: ރައީސް ނަޝީދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް ރައީސް ޞާލިޙް އެއްވެސް ކަމެއް ނުކުރައްވާނެ: ރައީސް ނަޝީދު

އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ހިންގަމުން ގެންދަވަނީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް އެމްޑީޕީގެ މެންބަރުންގެ އެދޭ ގޮތް އޮޅިވަޑައި ނުގަންނަވާނެކަމަށެވެ. އަދި ކަމަށާ އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް ރައީސް އެއްވެއް ކަމެއް ނުކުރައްވާނެ ކަމަށެވެ.

މިގެއިތުރުން ނަޝީދު ވިދާޅުވީ ރާއްޖެއަށް ބަދަލު އަންނަންޖެހޭ ކަމަށާ ކޯޓްތަކަށް ވެސް ބަދަލު އަންނަންޖެހޭ ކަމަށެވެ. މިއަދު ސަރުކާރާއި، މަޖިލީސް ވެސް އޮތީ އެމްޑީޕީއަށް ކަމަށާ އެހެންކަމުން ބަދަލު ނުކުރެވޭނެ ކަމެެއް އޮވެެގެން ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި ބައްދަލުވުމުގައި ނަޝީދު އެދިވަޑައިގެންނެވީ އެ ޕާޓީގެ ރައީސަކު ހޮވަން ބާއްްވާ އިންތިހާބުގައި އެމަނިކުފާނަށް ތާއީދު ކޮށްދިނުމަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބް ރައީސްގެ މަގާމު ހުސްވެފައިވާތީ މިމަހުގެ 22 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމައި މި ދެ މަގާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

 

މިއަދު އޮންލައިން