އެމް.ޑީ.އެންގެ ރިޕޯޓްގައި މި އުއްމަތުގެ މާތް ނަބިއްޔާއަށް ކޮށްފައިވާ ދިހަ ފުރައްސާރަ ޢިލްމް.އެމްވީގައި ހާމަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
އެމް.ޑީ.އެންގެ ރިޕޯޓްގައި މި އުއްމަތުގެ މާތް ނަބިއްޔާއަށް ކޮށްފައިވާ ދިހަ ފުރައްސާރަ ޢިލްމް.އެމްވީގައި ހާމަކޮށްފި

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ ބޭރުގެ ޖަމާއަތްތަކުން ފައިސާ ހޯދައިގެން ރާއްޖޭގައި އެޖަމާޢަތްތަކުގެ އެޖެންޓްކަން ކުރަމުން އަންނަ އެމްޑީއެން އިން ރިޕޯޓެއްގެ ނަމުގައި ނެރުނު ޝައިޠާނީ ސެޓަނިކް ޕޭޕަރސް ތަކުގައި މި އުއްމަތުގެ ލޮބެވެތި ޞާޙިބާ، މާތް ނަބިއްޔާ މުޙައްމަދު ރަސޫލް (ޞޢވ) އަށް ކޮށްފައިވާ 10 ފުރައްސާރަ ޢިލްމް.އެމްވީގައި ހާމަކޮށްފިއެވެ.  

އެމް.ޑީ.އެންގެ ރިޕޯޓްގައި މި އުއްމަތުގެ މާތް ނަބިއްޔާއަށް ކޮށްފައިވާ 10 ފުރައްސާރަ:

1. ރަސޫލާ صلى الله عليه وسلم އަކީ ދުނިޔޭ ވެރިކަމާ ހެދި އުޅުއްވި ބޭކަލެއްކަމަށް ޞިފަކޮށްފައިވުމާއި އެކަލޭގެފާނަކީ ޢަދުލުވެރިކަމާއި ސުލްހަވެރިކަމަށް އުޅުއްވި ބޭކަލެއް ނޫންކަމަށް ސިފަކުރުން، (ޞ:12)

2. ރަސޫލާ صلى الله عليه وسلم އަކީ ޤަތުލުއާއްމުހިންގާ މީހުން އަޅުވެތި ކުރެއްވި ބޭކަލެއްގެ ގޮތުގައި ޞިފަކުރުން (ޞ:16)

3. ރަސޫލާ صلى الله عليه وسلم އަށް ޖޯކުޖަހައި، ކާޓޫނުކުރެހުމަކީ އެކަމާ މެދު މުސްލިމުން ރުޅިއައިސްގެން ވާނެ ކަމެއް ނޫންކަމަށް ބުނުން (ޞ:16-17)

4. ރަސޫލާ صلى الله عليه وسلم އަކީ ”ކުޑަވަރެއްގެ ކަލާނގެ“ އެއް ކަމަށް ސިފަކުރުން. (ޞ:16-17)

5. ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުމަކީ ”ހައްގެއް“ ކަމަށް ބުނުން، (ޞ:16-17)

6. ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމާއި ދެކޮޅު ހެދުމަކީ، އެކަން ކުރާ މީހުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަށް ޞިފަކޮށްފައިވުން، (ޞ:16-17)

7. ރަސޫލާ صلى الله عليه وسلم ގެ ކާޓޫނު ކުރެހުމާ ދެކޮޅަށް ރާއްޖޭގައި މީގެ ކުރިން ޝުއޫރު ފާޅުކޮށްފައިވާތީ އެކަމަށްވަނީ ފާޑުކިޔާފައިވުން. (ޞ: 16-17)

8. ރަސޫލާ صلى الله عليه وسلم އަކީ މީހުން ކާފަރުކުރާ ”ތަކްޕީރީ“ ފިކުރުގެ ބޭކަލެއްކަމަށް ޞިފަކުރުން، (ޞ:22)

9. ރަސޫލާ صلى الله عليه وسلم ގެ ޙަދީޡް ބަސްފުޅުތަކަށް ކުޑައިމީސްބަސް ރައްދުކޮށްފައިވުން، (ޞ:22)

10. މިޒަމާނުގައި މިއުޅޭ ހައްދުފަހަނަ އެޅި ޖާހިލުންނާއި މިއުއްމަތުގެ ކައު ސާހިބާ އާ އެއްވަރު ކޮށްފައިވުން، (ޞ:22)

އެހެންކަމުން އެމްޑީއެން އުވާލުމަށް މިހާރުން މިހާރަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. މިއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ. 

ލިޔުމުގެ އަޞްލު ވިދާޅުވުމަށް:

https://ilm.mv/9255/

 

 

 

 

މިއަދު އޮންލައިން