އަމިއްލަ ފަސްގަނޑުގަ ރަސޫލް )ޞޢވ( އަށް ފުރައްސާރަކުރެވުނުއިރު، ތިބާގެ ޒިންމާ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަމިއްލަ ފަސްގަނޑުގަ ރަސޫލް )ޞޢވ( އަށް ފުރައްސާރަކުރެވުނުއިރު، ތިބާގެ ޒިންމާ ކޮބާ؟

"ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙައްޤުފުޅުގައި އެކަލޭގެފާނުގެ އަޞްޙާބުން ވަނީ ޖާނާއި މާލުން ޤުރްބާންވެވަޑައިގެން، އެކަލޭގެފާނަށް ނަޞްރުދެއްވައިފައެވެ. އަމިއްލަ ފަސްގަނޑުގައި އެކަލޭގެފާނަށް ފުރައްސާރަކުރެވުނުއިރު، ތިބާގެ ޒިންމާ ކޮބައިހެއްޔެވެ؟--އެންޑީއެން އުވާލާ!" 

މިއީ ސޯޝަލް މީޑިއާއިން ފެނުނު ވަރަށް ޙިކުމަތްތެރި ބަސްކޮޅެކެވެ. 

ޞަޙާބީން ވަނީ އެބޭކަލުންގެ ޖާނާއި މާލުން ރަސޫލް (ޞޢވ)އަށް ނަޞްރު ދެއްވަވައިފައެވެ. ހަނގުރާމަތަކުގައި ދުޝްމިނުންގެ ހަމަލާތަކުން ރަސޫލް (ޞޢވ) ދިފާޢުކުރައްވައި ސަލާމަތްކުރައްވަވަން އުޅުއްވަން ހައްދަވައިގެން އެތައް ޞަޙާބީން ވަނީ ޝަހީދުވެ މިދުނިޔެ ދޫކުރައްވައިފައެވެ. އެތައް ޞަޙާބީންނަށް ބޮޑެތި ޒަޚަމްތަކާއި އަނިޔާތައް ލިބިވަޑައިގެންފައެވެ.  އެނޫން ހާލަތްތަކުގައި ވެސް އެބާކަލުންގެ އަމިއްލަފުޅު ނަފްސާއި އަނބިދަރިންނަށްވުރެ އެތައް ގުނައެއް އިތުރަށް ރަސޫލް (ޞޢވ) އަށް ލޯބިފުޅު ކުރެއްވެވިއެވެ. 

ބޭރު ޤައުމުތަކުގެ މީހުން ރަސޫލް (ޞޢވ) ފުރައްސާރަކޮށް ކާޓޫނު ކުރެހުން ފަދަ ކަންކަން ކުރާތީ އަބަދުވެސް އަޅުގަނޑުމެންގެ ލޭ އަންނަނީ ކެކެމުންނެވެ. 

މިއަދު މިދިވެހި ފަސްގަނޑު ދިވެހިރައްޔިތެއް ކަމުގެ އައިޑެންޓިޓީ ކާޑު ގެންގުޅޭ ބައަކު މިވަނީ ދުނިޔޭގައި މިހައިތަނަށް ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމުގައި އެއްބައަކު އެއްފަހަރާ ހިންގާފައި ނުވާފަދަ ބޮޑެތި ޖަރީމާތައް ހިންގައިފައެވެ. އެއިގެ އިތުރުން ﷲ ތަޢާލާގެ އެއްކައުވަންތަކަމާއިމެދު ވެސް ޝައްކު އުފައްދަވަން މިވަނީ މަސައްކަތްކޮށްފައެވެ. 

އެފަދަ ބޮޑެތި މުޖުރިމުން ކުރި އެ ނުބައިކަން ބޮޑު އަމަލުތައް ކުށްވެރިކުރަން ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟ 

މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް ދިނުމަށް އަޑު އުފުލާށެވެ! ޤާނޫނުގައިވާ ފަދައިން މައްސަލަ ބަލައި ޒިންމާވާން ޖެހޭ މީހުންނަށް ޤާނޫނުގައިވާ ގޮތަށް ޙައްޤު އަދަބު ދިނުމަށް އަޑު އުފުލާށެވެ! ތިބާއަކީވެސް ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް މަލާމާތްކޮށް އަދި މާތް ﷲ އާއިމެދު ޙައްޤު ނޫން ބަސްތައް ބުނުމާއި ދެކޮޅު މީހެއްކަން ހާމަކުރާށެވެ!

މިއަދު އޮންލައިން