ރާއްޖެއަކީ އެހެން ދީންތަކުގެ މީހުންނަށް ޖާގަ އޮތް، އިޙްތިރާމްކުރާ ޤައުމެއްކަން ރާއްޖޭގެ ތާރީޚުން ސާބިތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ރާއްޖެއަކީ އެހެން ދީންތަކުގެ މީހުންނަށް ޖާގަ އޮތް، އިޙްތިރާމްކުރާ ޤައުމެއްކަން ރާއްޖޭގެ ތާރީޚުން ސާބިތު!

"މިބޮޑު ދުނިޔޭގައި މިއުޅޭ މުސްލިމުން ނޫން އެންމެނަށް ޖާގަ ނުދީ ކިހިނެއްތޯ އުޅޭނީ؟. ރަސޫލާ . ހަދީޘްކުރައްވާފައިވޭ އެހެންދީންތަކުގެ މީހުންނަށް އިޙްތިރާމްކުރަން. އެމީހުންގެ ޙައްޤުތަކަށް އަރައިނުގަންނަން ވެސް. އެއީ ކީއްވެގެންބާ!"

މިއީ މިއަދުނޫހަށް މީހަކު ފޮނުވާފައިވާ ކޮމެންޓެކެވެ. ނުވަތަ ސުވާލެކެވެ!

ރާއްޖޭގެ ދިގު މާޒީއަށް ބެލި ނަމަވެސް އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ނުއުޅޭ ދުވަސްވަރެއް ނުފެނެއެވެ. އެމީހުންނަށް ލިބެން ޖެހޭ ޙައްޤެއް ނުލިބިގެން އެއްވެސް ބިދޭސީއަކު ރާއްޖެ ދޫކޮށް ދިއަކަން ތާރީޚުން އެނގޭކަށްވެސް ނެތެވެ. ރާއްޖޭގައި 20، 30 އަހަރު ޚިދުމަތްކުރި ބިދޭސީން ތިބި އިރުވެސް މެއެވެ. މިކަމުން އެނގެނީ އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި ޖާގަ އޮތް ކަމެވެ.

ރާއްޖޭގައި ނެތީ ދިވެހިން މުރުތައްދުވެ ކާފިރުވެ އެކަން ފައުޅުކޮށްގެން އުޅުމުގެ ފުރުޞަތެވެ. ދިވެހިން އެހެން ދީނަކަށް އުޅުމުގެ ފުރުޞަތެވެ. އެއީ ފާއިތުވި 900 އަހަރު ރާއްޖޭގައި ދީފައިވާ ފުރުޞަތެއް ނޫނެވެ. ވީމާ މިއަދު އެ ފުރުޞަތު ދޭން ޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތު އެފުރުޞަތު އެގޮތަށް ދޭކަށް ބޭނުމެއް ނުވެއެވެ. ވީމާ އެ ފުރުޞަތު ބޭނުންވާ މަދުބައަކު ތިބި ނަމަވެސް ޖެހޭނީ ބޮޑު އަޣްލަބިއްޔަތަށް ތަބަޢަވާށެވެ! އަޣްލަބިއްޔަތަކީ ހަމައެކަނި ތިމާ ބޭނުންވާ ގޮތް ޙާޞިލުކުރުން ކަމަކަށް ނުހެދޭނެއެވެ. އެއިރުން އެކަން ވާނީ ޑިމޮކްރަސީ ވެސް އޮޅުވައިލުން ކަމަށެވެ.

" ރަސޫލާ . ހަދީސްކުރައްވާފައިވޭ އެހެންދީންތަކުގެ މީހުންނަށް އިޙްތިރާމްކުރަން. އެމީހުންގެ ޙައްޤުތަކަށް އަރައިނުގަންނަން ވެސް. އެއީ ކީއްވެގެންބާ!"

އެއީ އެގޮތަށް އެކަން ކުރަން ޖެހޭނެތީއެވެ. އެހެން ދީންތަކުގެ މީހުންނަށް އިހްތިރާމްކޮށް އެމީހުންގެ ޙައްޤުތައް އަދާކުރުމުގައި ދިވެހިން އަބަދުވެސް ދަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކަމުންނެވެ. ޒަމާނުންސުރެ ރާއްޖެއާއިމެދު، ރާއްޖެއަށް ޒިޔާރަތް ކުރި ކާފިރުން ލިޔެފައިވާ ލިޔުންތަކުން އެކަން ސާބިތުވާނެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބަސްތަކާއި ކޮމެންޓްތަކުންވެސް ސާބިތުވާނެއެވެ.

ގެ ނަމުގައި އިން ފޭސްބުކް އައިޑީއަކުންނެވެ. Shyn MV މި ކޮމެންޓް ފޮނުވާފައިވަނީ

އޭނާ މީގެ ކުރިން ކޮށްފައިވާ ބައެއް ކޮމެންޓްތަކުންވެސް އޭނާއަކީ ދިވެހިން އިސްލާމް ދީން ނޫން އެހެން ދީންތަކަށް އުޅެން ހުއްދަކުރަން ތާއީދުކުރާ މީހެއްކަން ވަނީ ފާހަގަކުރެވިފައެވެ.

މިއަދު އޮންލައިން