އެމްޑީއެން އުވާލަން ގޮވާލަން މިޖެހެނީ އިލާހީ ކޯފާއިން ސަލާމަތްވުމަށް: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އެމްޑީއެން އުވާލަން ގޮވާލަން މިޖެހެނީ އިލާހީ ކޯފާއިން ސަލާމަތްވުމަށް: ޝައިޚް އިލްޔާސް

"އެމްޑީއެން އުވާލަން ގޮވާލަން މިޖެހެނީ އިލާހީ ކޯފާއިން ސަލާމަތްވުމަށްޓަކައެވެ. އިސްލާމް ދީނަށާއި ނަބިއްޔާ (ޞޢވ) އަށް ފުރައްސާރަކުރުމަކީ ބޮޑުވެގެންވާ މުންކަރާތެކެވެ. އެކަމަށް ރުހިގެން ތިބުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ. 

މިއީއަކީ ހަރުކަށިވުމެއް ނޫނެވެ. މިއީ އަކީ ހަރުކަށި ކަމެއްވެސް ނޫނެވެ. އަދި ސަރުކާރާއި ދެކޮޅުވުމެއްވެސް ނޫނެވެ. އޮޅުވައިނުލާށެވެ!" 

މިމޭރުމުން ވިދާޅުވެ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ހާމަކުރައްވަވާފައިވަނީ އަލްއަޢްރާފް ސޫރަތުގެ 165 ވަނަ އާޔަތެވެ! 

"ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ ޢަޛާބަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން ފާސިޤް ވެ އުޅުނުކަމަށްޓަކައެވެ." (އަލްއަޢްރާފް: 165)

 

މިއަދު އޮންލައިން