ގަވާއިދާ ހިލާފަށް ޓޫރިސްޓުން އަރުވައި ހިދުމަތް ދެމުންދިޔަ އދ. ފުށިދިއްގާ އަށް މިއަދުގެ ވަގުތެއްގައި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އަރައި، އެ ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާއިގުޅިގެން ޓޫރިޒަމް މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ރަށަށް ގޮސް ބެލިބެލުމުން ގާނޫނާ ހިލާފަށް ހިދުމަތް ދެމުންދާކަން އެނގިފައިވާ ކަމަށާ، ޓޫރިސްޓުންނަށް ހިދުމަތް ދޭކަން އެނގޭނެ ރެކޯޑްތަކާއި އެހެނިހެން ވަސީލަތްތައް ފެނިފައިވާ ކަމަށެވެ.
މިމައްސަލާގައި މިނިސްޓައ އަލީ ވަހީދު ވިދާޅުވީ ފުށިދިއްގާގައި ފަތުރުވެރިކަން ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ދީފައިވާ އެއްވެސް ހުއްދައެއް ނޯންނާނެ ކަމަށާއި މިނިސްޓްރީން ވަކި ގޮތެއް ކަނޑައަޅަންދެން މިރަށް އޮންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ފުލުހުންގެ ހުއްދަ ނެތިމިރަށަށް އެއްވެސް ބަޔަކަށް ނޭރޭނެކަމަށެވެ.
މިއެރަށުގައި ހުރި މީހުންނާއި ތިބި ތަކެތި ރަށުން ބޭލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.