ރައްޔިތުންގެ އާދޭސް! ފަހަތު ފައަށް ބުރަނުވެ އެމްޑީއެންގެ މައްސަލަ އަކީ ފުލުހުން އިސްކަންދީގެން ބަލާ މައްސަލައަކަށް ހަދައިދީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ރައްޔިތުންގެ އާދޭސް! ފަހަތު ފައަށް ބުރަނުވެ އެމްޑީއެންގެ މައްސަލަ އަކީ ފުލުހުން އިސްކަންދީގެން ބަލާ މައްސަލައަކަށް ހަދައިދީ!

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު ރިޕޯޓުގައިވާ ޤާނޫނާއި ޚިލާފް މައްސަލަތައް ޤާނޫނީ ބޭފުޅުން ފާހަގަކުރައްވައި ޢާންކުރައްވަމުން ގެންދަވާތީ 10 ވަރަކަށް ދުވަސްވީއެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެމައްސަލަތައް ބައްލަވައި ޤާނޫނީ ގޮތުން އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިތާވެސް 13 ދުވަސްވީއެވެ.

ފުލުހުން ވަނީ އެ މައްސަލަ ބަލަމުންގެންދާ ކަމަށް މާކުރިން ބުނެފައެވެ. އަދި ގެންދަނީވެސް މައްސަލަ ބަލަމުންނެވެ. މައްސަލައަކީ ކުރިއަށް ގެންދެވޭ ސްޕީޑް ކަމަށް ބުނެ ރައްޔިތުންގެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ގިނަ ބައަކު ބުނަމުން ގެންދަނީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް އިސްލާމް ދީނާއި ދެކޮޅަށް ހިންގާފައި ނުވާފަދަ ބޮޑު ޖަރީމާއެއް ހިންގުމުން އެ މައްސަލައަށްވުރެ އިސްކަންދޭންޖެހޭނެ މައްސަލައެއް ނެތް ކަމަށެވެ. އެހެން ހުރިހާ މައްސަލަތަކެއް އަންނަންވާނީ އެ މައްސަލައިގެ ފަހަތުން ކަމަށެވެ. "ފުލުހުން އިސްކަން ދޭން ބޭނުންވުމުން 24 ގަޑިއިރުގެ ތެރޭގައި ވެސް މައްސަލަ ބަލައި އެބަ ހާމަކުރޭ! މިއީ މާބޮޑު ތަޙްޤީޤެއް ކުރަން ޖެހޭ މައްސަލައެއް ނޫން. ހުރި މައްސަލަތައް އެހެރީ ފެންނަން. ކަންކުރި މީހުން އެއޮތީ އެނގެން. ރިޕޯޓުން ނޭނގޭ ކަމެއް ނެތް. އޮތީ ފިޔަވަޅު އެޅުން." ކަމަށް ބުނެ ގިނަ އެގެންދަނީ އަޑު އުފުލަމުންނެވެ.

އެމްޑީއެން އާއިމެދު ފިޔަވަޅުއެޅުން ލަސްވުމުން ރައްޔިތުން މިހާރު އެ ގެންދަނީ އެއްވުންތައް ބާއްވަމުންނެވެ. އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ބަދުބަސް ބުނެ ފުރައްސާރަކުރުމަކީ ހަމަ ކޮންމެ މުސްލިމަކުވެސް ލޭކެކޭނެ ކަމެކެވެ. ލޭ ކެކިގެން ތިބެ ގިނަ ބައަކަށް އެއްވާން ޖެހުމުން އަޑުއަހަން ބޭނުން ނުވާ އަޑުތައް ވެސް ދަނީ އިވެމުންނެވެ. ބުނެގެން ނުވާނެ ބަސްތައް ވެސް ދަނީ ބުނަމުންނެވެ.

ގިނަ ބައަކު ބުނަނީ މިފަދަ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީ ފަހަތު ފައަށް ބުރަ ނުވެ އެމްޑީއެންގެ މައްސަލަ ބެލުން އަވަސްކޮށް ޤާނޫނުގައިވާ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ. "މައްސަލަ ބަަލން 1 އަހަރު. ޕީޖީން ދިރާސާކުރަން 3 އަހަރު. ޝަރީޢަތުން ޙުކުމްކުރަން 7 އަހަރު ނަގާނަމަ މައްސަލައަށް އިންޞާފުލިބެން ރިޔާސީ 3 ދައުރު އެބް ބޭނުންވޭ! މިކަން ރައްޔިތުން ބަލައެއް ނުގަންނާނެ!" ކަމަށެވެ.

މިއަދު އޮންލައިން