ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 27ސ
ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގެ މަގުމަތިން މިއަދު ބިދޭސީއަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރެން މަސަައްކަތް ކޮށް އެ މީހާ އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މާފަންނު ޝަހީދު އަލީ ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީ، ފޭރެން އުޅުނު މައްސަލައެއް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މިހާދިސާގައި ޒަހަމްވީ ބިދޭސީމީހާގެ ބުރަކައްޓާއި އިނގިއްޔެއް ޒަހަމްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތުހުމަތަށް އަދި މީހަކު ހައްޔަރުކޮ ށްފައެއް ނުވެއެވެ.

 

މިއަދު އޮންލައިން