ޖަޕާން ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފިއެވެ.
މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން 500,000,000 (ފަސް ސަތޭކަ) މިލިއަން ޖަޕަނީސް ޔެން (4.6 މިލިއަން ޑޮލަރު) ގެ ހިލޭ އެހީ ޖަޕާން ސަރުކާރުން ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ މިސް ކެއިކޮ ޔަނާއީއެވެ.
މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލު ކުރައްވާފައެވެ.