ރާއްޖެއިން އިސްލާމް ދީން ފުހެލުމަށްޓަކައި ރާއްޖޭގައި މިހައި ތަނަށް ހިންގި އެންމެ ބޮޑު ޖަރީމާ ހިންގި އެމްޑީއެން އުވާލަން ގޮވާލާ އަޑުގަދަވުމާއިއެކު ކޮންމެ ފަހަރަކު ވެސް މިއިވެނީ ވަރަށް ތަފާތު އަޑެކެވެ. ފެންނަނީ ދީނީ ޢިލްމުވެރިންގެ ބޮލުގައި ޓެރަރިސްޓް ތާކިހާ އަޅުވަން އުޅޭތަނާއި "ރާއްޖޭގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކުގެ ފުރިހަމަ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ" ކަމުގެ އަޑުތަކެވެ.
ސުވާލަކީ އެފަދަ ޖަމާއަތެއް ރާއްޖޭގައި ހަރަކާތްތެރިވާކަން ފުލުހުންނަށް އެނގޭއިރު އެކަން ހުއްޓުވަން ފުލުހުން އަޅަނީ ކޮން ފިޔަވަޅެއް ބާވައެވެ! އެއްވެސް މީހަކު ހައްޔަރުނުކުރަނީ ކީއްވެގެންބާވައެވެ! ޓެރަރިޒަމް ޤާނޫނުގައި މިހާރުވެސް ހަމަ ހުރަސްތަކެއް ހުރީ ބާވައެވެ؟
ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ އިސްލާމް ދީނާއި ރަސޫލް (ޞޢވ)ގެ ދިފާޢުގައި އެބޭފުޅުން ފަށްޓަވާފައިވާ މަސައްކަތްޕުޅުތައް ދޫކުރައްވައި ފަހަތަށް ޖެހިވަޑައިގަންނަވާނެ އެއްވެސް ތާކިހަލެއް އިސްތަށިފުލުގައި ނުއެޅުވޭނެ ކަމަށެވެ.