ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ!

ކިޔުމަށް ހޭދަވާނީ 36ސ
ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ!

ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދެކުނުގެ ރަށެއްގައި ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

މިމައްސަލަ ބަލަމުންދަނީ ފުލުހުންނާއި ފެމިލީ އެންޑް ޗިންޑްރަން ސާރވިސަސް އިން ގުޅިގެންނެވެ.

މިމައްސަލައާއި ގުޅިގެން ބިދޭސީ ޓީޗަރާއިމެދު އެއްވެސް ފިޔަވަޅެއް އެޅިކަން އަދި ނޭނގުނު ނަމަވެސް، މިފަދަ މައްސަލައެއް ހުށަހެޅިފައިވާކަން ޖެންޑާ މިނިސްޓްރީން ވެސް ބުނެފައިވެއެވެ. 

މިމައްސަލައިގެ އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން