"ލަދު ހަޔާތް ނެތިއްޖެ ނަމަ ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ!" ކަމަށް އޮންނަ ޙަދީޘް ބަސްފުޅުގެ ތެދުކަން މިފެންނަނީއެވެ. މިހާރު ޢާންމުވެފައި ވަނީ ގެއެއްގެ ގޯތި ތެރެއަށް ވަދެ ސިއްރުން ކުޑަކަމުދާ ވީޑިއޯއެކެވެ.
ފާޚާނާއަށް ދާން ޖެހުމަކީ ކޮންމެ މީހަކަށް ކޮންމެ ވަގުތަކުވެސް މެދުވެރިވެދާނެކަމެކެވެ. އެފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ގޯތިތަކަށް ވަދެ ސިއްރުން އެކަން ކުރުމުގެ ބަދަލުގައި އެގެއެއްގައި އުޅޭ ބައަކާއި ބައްދަލުކޮށް ސަލާމްކޮށް އެފަދަ އެހީތެރިކަމަކަށް އެދުން ކީއްތޯއެވެ؟ އެމީހެއްގެ ކިބައިން "ބިރުވެރިކަމުގެ ޢަލާމާތްތައް" ފެންނަން ނެތް (ޚާއްޞަ ޙާލަތުގައި ނުތިބޭ) ކޮންމެ މީހަކަށް ކޮންމެ ގެއަކުންވެސް މަރުޙަބާ ކިޔާނެއެވެ.