ފަނޑިޔާރު އާދަމް މުޙައްމަދުގެ އަޑުއެހުން އާއްމުކޮށް ހުޅުވާލަނީ!

ކިޔުމަށް ހޭދަވާނީ 48ސ
ފަނޑިޔާރު އާދަމް މުޙައްމަދުގެ އަޑުއެހުން އާއްމުކޮށް ހުޅުވާލަނީ!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްސަލަ ބަލާ އަޑުއެހުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން ބުނެފައިވަނީ، އެމައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމެވީ ފަނޑިޔާރު އާދަމް މުޙައްމަދުގެ އެދިލެއްވުމުގެ މަތިން ކަމަށެވެ.

މިމައްސަލައިގެ އަޑުއެހުންބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ. އަޑުއެހުން ކުރިއަށްދާނީ ޕޯސްޓް ބިލްޑިންގ ހުންނަ އިމާރާތުގެ ހަވަނަ ފަންގިފިލާގައި ހުންނަ ޖުޑިޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން ގައެވެ.

ފަނޑިޔާރު އާދަމް މުޙައްމަދާއި ބެހޭގޮތުން ޖޭއެސްސީން ބައްލަވަނީ ކޮންމައްސަލައެއް ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އެހެން މައްސަލައެއްގައި ސުލޫކީ ފިޔަވަޅެއްގެ ގޮތުން އެމަނިކުފާނަށް ނަސޭޙަތް ދިނުމަށް ޖޭއެސްސީން އޮތީ ނިންމާފައެވެ.

މިއަދު އޮންލައިން