އުހުދު ހަނގުރާމައިގެ ދުވަހު ރަސޫލް (ޞޢވ) އަށް އަމާޒުކޮށް މުޝްރިކުން ދެމުން ގެންދިއަ ޙަމަލާތަކުން ރަސޫލް (ޞޢވ) ދިފާޢުކުރައްވަން ޠޮލްހަތުގެފާނުގެ އަތްޕުޅުގައި ހަތިޔާރެއް، އައްޑަނަކޮޅެއް ނެތުމުން ދިއްކުރައްވަވަމުން ގެންދެވީ އަމިއްލަފުޅު މޭފުޅެވެ.
ނަތީޖާއަކަށްވީ ހަނގުރާމަ ނިމިގެން ބެއްލެވި އިރު ޠޮލްޙަތުގެފާނުގެ ހަށިކޮޅަށް 70 އަށްވުރެ ގިނަ ތީރުތައް އަރާފައިވުމެވެ. ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވަނީ އެ ތީރުތަކާއިއެކުގައެވެ.
އެނގިގެން މިދަނީ މުސްލިމުން ރަސޫލް (ޞޢވ) އަށް ލޯބި ކުރެއްވެވި މިންވަރެވެ. ދައްކަވައި ދެއްވެވީ އެބޭކަލުންގެ އަމިއްލަ ހަށިކޮޅުތަކަށްވުރެ ރަސޫލް (ޞޢވ) ގެ މައްޗަށް ލޯބިފުޅު ކުރެއްވެވި ކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރެއްވެވި ކަމެވެ.
- ޝައިޚް ޢަބްދުﷲ މިފްޟާލް
ދަރުސްގެ ވީޑިއޯ: