ފިރިކަލުންނާ ދަރިކަލުންނާ ބޮޑުބޭބެ ޝަހީދުވުމުން ކަންބޮޑު ނުވެ ރަސޫލް (ޞޢވ) ގެ ޙާލުކޮޅު ބެއްލެވި ކަނބަލެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ފިރިކަލުންނާ ދަރިކަލުންނާ ބޮޑުބޭބެ ޝަހީދުވުމުން ކަންބޮޑު ނުވެ ރަސޫލް (ޞޢވ) ގެ ޙާލުކޮޅު ބެއްލެވި ކަނބަލެއްގެ ވާހަކަ!

އުހުދު ހަނގުރާމައަށްފަހު މުސްލިމުން އެނބުރި މަދީނާއަށް ވަޑައިގަންނަވަން ފެށްޓެވުމުން އެބޭކަލުންގެ ހާލުކޮޅު ބެއްލެވުމަށް ނުކުމެވަޑައިގެންނެވި ބޭކަނބަލަކު ސުވާލު ކުރައްވަމުން ގެންދެވީ ރަސޫލް (ޞޢވ) ކޮބައިތޯއެވެ. އިތުރު އެކަލޭގާފު (ޞޢވ)ގެ ޙާލުކޮޅަކީ ކޮބައިތޯއެވެ؟ 

އެކަމަނާއަށް ފުރަތަމަ ދެންނެވުނީ ފިރިކަލުން ޝަހީދުވީ ވާހަކައެވެ. ދެން ދެންނެވުނީ ދަރިކަލުން ޝަހީދުވީ ވާހަކައެވެ. ދެން ދެންނެވުނީ ބޮޑުބޭބެ ޝަހީދުވިކަމުގެ ވާހަކައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އެކަމަނާ ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. ކަންބޮޑުވެވަޑައިގަތީ ރަސޫލް (ޞޢވ)ގެ ޙާލުކޮޅާއިމެދުގައެވެ. 

އެކަމަނާއަށް ރަސޫލް (ޞޢވ) ފެނިވަޑައިގަންނަވަންދެން ހޯއްދެވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. ރަސޫލް (ޞޢވ) އަށް ކަމެއް ކުރިމަތިވެވަޑައިގަތުން ނޫނީ އެއްވެސް ބޮޑު ކަމެއް ނުވެއެވެ. ދެން ހުރި ކޮންމެ ކަމަކީ ދާދި ކުޑަކުޑަ ކަމެކެވެ. 

މިއީ ޞަޙާބީން ރަސޫލް (ޞޢވ) އަށް ލޯބިކުރެއްވެވި މިންވަރެވެ. 

- ޝައިޚް ޢަބްދުﷲ މިފްޟާލް 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން