މުހިންމުކަން ބޮޑުކަމުން ސުރުޚީއެއް ދެވޭކަށް ނެތް! - އަންހެނުންނަށް މުފްތީ މެންކުގެ ވަރުގަދަ އިންޒާރެއް! ޢިބްރަތްތެރި ޙާދިސާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
މުހިންމުކަން ބޮޑުކަމުން ސުރުޚީއެއް ދެވޭކަށް ނެތް! - އަންހެނުންނަށް މުފްތީ މެންކުގެ ވަރުގަދަ އިންޒާރެއް! ޢިބްރަތްތެރި ޙާދިސާއެއް!

ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަންހެން ބޭކަނބަލަކު ރަސޫލް (ޞޢވ) އަށް  ދެންނެވިއެވެ. "އަޅުގަނޑަށް މިވަނީ ވަރަށް ބޮޑު ބަލިމަޑުކަމެއް ޖެހިފައެވެ. އަޅުގަނޑު ހޭނެތެނީއެވެ. ހޭނެތިފައި އޮންނައިރު އަޅުގަނޑަށް އެނގުމަކާއި ނުލައި ފޭރާންވެސް މައްޗަށް އަރަނީއެވެ. ވީމާ މިޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން ﷲ އަށް ދުޢާކޮށްދެއްވާށެވެ!" 

ޖަވާބުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިބާ ކެތްތެރިވެއްޖެ ނަމަ ތިބާއަށް އޮތީ ސުވަރުގެއެވެ. ބަލިން ފަސޭހަވާން ބޭނުން ނަމަ ދުޢާކޮށްދެއްވަވައިފާހުށީމެވެ. 

"ކޮންފަދަ އުނދަގޫ ޙާލަތެއް ހެއްޔެވެ؟ އެއްކޮޅުގައި އެފަދަ ބައްޔަކަށް ކެތްތެރިވެ ސުވަރުގެ ލިބިގަތުމެވެ. އަނެއް ކޮޅުގައި ބަލިން ސަލާމަތްވެ އުފަޅުގައި ދިރިއުޅުމެވެ. މިއިން ގޮތެއް ނިންމުމަކީ ޢާންމު ގޮތެއްގައި އެހައި ފަސޭހަ ކަމެއް ނޫނެވެ. ޢާންމު ގޮތެއްގައި ގިނަ މީހުން ނިންމާނީ ބަލިން ފަސޭހަވެ އުފަލުގައި ދުނިޔޭގައި އުޅުމަށެވެ. އެހެންކަމާއިއެކުވެސް އެކަމަނާ ނިންމެވީ ބަލީގައި ހުންނަވައި ސުވަރުގެ ލިބިވަޑައިގަތުމަށެވެ. 

އެހެންކަމާއިއެކުވެސް އެކަމަނާ ދެންނެވިއެވެ. "އަޅުގަނޑު ބޭނުމީ ސުވަރުގެ ލިބުމެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑު ހޭނެތިފައި އޮންނައިރު ފޭރާން މައްޗަށް ނުއަރާނެ ގޮތެއް މިންވަރުފުޅު ކުރައްވަވައި ދެއްވެވުން އެދި ދުޢާ ކޮށް ދެއްވާށެވެ!  

ނިކަން ވިސްނައިލަބަލާށެވެ! މިހިރީ އެކަނބަލުން އެކަނބަލުންގެ ޢައުރަ، ހަށިގަނޑު ނިވާ ކުރެއްވެވުމަށް އިސްކަން ދެއްވެވި މިންވަރެވެ. މިއަދު އަހަރެމެން ގަދަވެ ސަލާމަތުން ތިބެ މިއުޅެނީ ހަށިގަނޑުގެ ބޮޑު ބައެއް ޢާންމުކޮށް ދައްކައިގެންނެވެ. އެގޮތަށް އުޅެމުންވެސް "ފާރުގަނޑަށް ލޮނުއަޅަން" އެބަ ޝަހާދަތް ކިޔައެވެ. 

އެގޮތަށް އުޅެމުން ބަލިމަޑުކަމާއި މުޞީބާތްތަކުން ސަލާމަތްވެ ތިބުމަށް އެބަ އެދެއެވެ. މިއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ އަހަރެމެންނަކީ ކޮން ކަހަލަ މުސްލިމުންނެއް ހެއްޔެވެ؟ 

ނިކަން އެކަނބުލޭގެ ގެ ނިންމުން ދިރާސާކޮށްލަމާހެއްޔެވެ؟ އޭނާ އެނިންމީ އެ ހާލުގައި މަދު ދުވަސްކޮޅަކު، އަހަރުތަކަކު ދުނިޔޭގައި އުޅުމަށްފަހު މަރުވާނެތީ މަރުވުމުން ސުވަރުގެ ލިބިގަތުމަށެވެ. އަދި އޭނާ އެ ޤަބޫލުކުރީ އޭނާގެ ބަލި ފިލައި ދިއަ ނަމަވެސް އޭނާ މަރުވުމަށް ﷲ ތަޢާލާ އިރާދަކުރައްވަވާފައިވާ ވަގުތުގައި އޭނާ މަރުވާނެކަމެވެ! މިސާލަކަށް އޭނާ ހޭނެތޭނީ ކިތައްފަހަރު ހެއްޔެވެ؟ 200 ނުވަތަ 300 ފަހަރު ހެއްޔެވެ؟ ކިތަންމެ ގިނަ ފަހަރަކު ހޭނެތެން ޖެހުނު ނަމަވެސް އެއްވެސް ޝައްކެއް ނެތް ގޮތުގައި މަރުވުމުން ސުވަރުގެ ލިބުމަކީ "ފްރީ ޑީލް"އެކެވެ. ﷲ އަކްބަރު! 

ފުރަތަމަ ކަމަކަށް ނިކަން ވިސްނައިލަބަލާށެވެ! ކިތަންމެ ކުޑަ މުޞީބާތަކަށްވެސް ކެތްތެރިވުމުގެ ކުޅަދާނަކަން މިއަދަކު ނެތެވެ. ދެވަނަ ކަމަކަށް އަހަރެމެންނަށް އެފަދަ މުޞީބާތެއް ނުޖެހޭއިރުވެސް ފޭރާންލައި ނިވާވުމަށް އަހަރެމެންގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ޔާ ﷲ! އަޅަމެންނަކީ މިފަދަ ކަންކަމަށް ކަންބޮޑުވާ ބައަކު ކަމުގައި ލައްވަވާށިއެވެ! އާމީން. 

- މުފްތީ މެންކްގެ ދަރުސަކުން 

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން