ޙައްޤު މަގު ފެނުމުން ޖާހިލުކަން ދޫކުރަން ބޭނުން ނުވާ މީހަކު ސަލާމަތްކުރެވޭނެ ގޮތެއް ނެތް!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޙައްޤު މަގު ފެނުމުން ޖާހިލުކަން ދޫކުރަން ބޭނުން ނުވާ މީހަކު ސަލާމަތްކުރެވޭނެ ގޮތެއް ނެތް!: ޢުމަރު ސުލައިމާން

މީސްތަކުންނޭވެ! ޙައްޤު މަގު ދައްކައިދޭން ކުރެވޭނީ މަސައްކަތެވެ. ކިބުރުވެރިވެ، ބޮޑާވުމާއި، ދުނިޔޭގެ އެދުން ބޮޑުވެ ގޮތް ދޫނުކުރަން ބޭނުންވާ މީހުން ސަލާމަތްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ނޫޙުގެފާނު 950 އަހަރު ކުރެއްވެވި މަސައްކަތްޕުޅުން ސަލާމަތްކުރެއްވެވުނީ 80 ވަރަކަށް މީހުންނެވެ. އަނބިކަނބަލުންނާއި ދަރިކަލުންވެސް ސަލާމަތެއް ނުކުރެއްވެވުނެވެ. އިބްރާހީމްގެފާނަށް ބައްޕާފުޅު ސަލާމަތެއް ނުކުރެއްވެވުނެވެ. ރަސޫލް (ޞޢވ) ތަކުރާރުކުރައްވަވައި އާދޭސްފުޅު ކުރެއްވެވުމުން ވެސް ބޮދުބޭބޭފުޅު ސަލާމަތެއް ނުކުރެއްވެވުނެވެ.

މީސްތަކުންނަށް ރަނގަޅު މަގު ދައްކައިދޭން ގަދައަޅައި މަސައްކަތްކުރާށެވެ! އެމީހަކު އެކަން ޤަބޫލު ނުކޮށްފިނަމަވެސް ޖަދަލުކޮށް ޒުވާބު ނުކުރާށެވެ! އެމީހަކަށްޓަކައި ހެޔޮ ދުޢާކުރާށެވެ!

މަސައްކަތްކުރަންވީ އެމީހަކު ދީނުގައި ސާބިތުވުމަށެވެ. އިސްލާމް ދީން ޙިމާޔަތްކޮށް ނެގެހެއްޓުމަށެވެ. މީސްތަކުންނަށް ދީނަށް ދައުވަތުދީ ދިނުގެ ކަންކަން އޮޅުނަފިލުވައިދިނުމަށެވެ. ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!

--އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން