މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް އިސްލާމް ދީނުގައި ހުރި ގޮތްތައް ދޫކޮށްލައި އަމިއްލަ ގޮތްތައް ނެރުނު އދ އިން އެމީހުން ނެރުނު ގޮތްތައް ފޭލްވެއްޖެ ކަމަށް މިއަދު މިވަނީ ޤަބޫލުކުރަން ޖެހިފައެވެ. 31 މިލިއަން މީހުން ޑްރަގުގެ ވަބާގައި ތިބުމުންނެވެ. ޑްރަގުގެ ވަބާގައި ޖެހިފައި ތިބި މީހުންގެ އަދަދަށްވުރެ ބޮޑަށް ކަންބޮޑުވާން ޖެހެނީ ޑްރަގް ޓްރެފިކިންގ މައްސަލަތައް އިތުރުވަމުންދާ ކަމަށް ވެސް އދ އިން ޤަބޫލުކޮށް ރިޕޯޓްތައް ނެރެމުން ގެންދާތީއެވެ.
ރާއްޖެ ވެސް މިވަނީ ﷲ ތަޢާލާގެ އެންގެވުންތައް ދޫކޮށް އދއަށް ހެއްލިފައެވެ. ނަތީޖާއަކީ ޑްރަގުގެ ވަބާގފައި ޖެހޭ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމެވެ. ދުނިޔެއަށް ޑްރަގު ފަތުރަން ބޭނުންކުރާ މަރުކަޒަކަށް ރާއްޖެ ވެގެންދިއުމެވެ.
އދ އިން ކުރާ އަމުރުތަކަށް ނުބަލައި އދ އިން ހާމަކުރާ ދިރާސާތަކަސް ބަލައި ޑްރަގާ ދެކޮޅަށް މަސައްކަތްކުރަން ފަށަން އަދިވެސް ނުވަނީ ހެއްޔެވެ؟ ނޫނީ ހޭލާނީ މުޅި އާބާދީ ޑްރަގުގެ ވަބާގައި ޖެހި ތާށިވުމުން ހެއްޔެވެ؟
ޓްވީޓް ރަނގަޅަސް ބައްލަވައިލައްވާށެވެ! އެނގިވަޑައިގަންނަވާނެއެވެ.
Has the war on #drugs been effective? Do we need to rethink drug policies worldwide? Let us know what you think, and head over to our Instagram to learn more: https://t.co/8BsgcDmYPh
— Paris Peace Forum (@ParisPeaceForum) October 14, 2019
To be continued at #ParisPeaceForum2019!#drugpolicy #drugcrisis #solutions #globalchallenges pic.twitter.com/pP71lI1JQO