ރައީސް ނަޝީދަށް ޝައިޚް އިލްޔާސް އާ ޑރ. އިޔާޟްގެ ޖަވާބު!: އިސްލާމް ދީނަށް ފުރައްސާރަކުރީމާ ކުޅި ބަލާކަށް ނުތިބޭނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރައީސް ނަޝީދަށް ޝައިޚް އިލްޔާސް އާ ޑރ. އިޔާޟްގެ ޖަވާބު!: އިސްލާމް ދީނަށް ފުރައްސާރަކުރީމާ ކުޅި ބަލާކަށް ނުތިބޭނަން!

އިސްލާމް ދީނަށް ފުރައްސާރަކުރީމާ ކުޅި ބައްލަވަން ނުތިއްބަވާނެކަން ޝައިޚް އިލްޔާސް ޙުސައިން އާއި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ހާމަކުރައްވައިފިއެވެ. 

ދެބޭފުޅުންވެސް މިފަދަ މޭރުމަކުން ވިދާޅުވީ ދިވެހިރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ ލާދީނީ އެމްޑީއެންގެ ދިފާޢުގައި ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައެވެ. 

"މާތް ނަބިއްޔާ (ޞޢވ) އަށް ފުރައްސާރަކުރެވޭ ކޮންމެ ހިނދެއްގައި، އެކަން ކުރީ ކޮންމެ ބައަކު ކަމުގައިވީނަމަވެސް، އެކަމާއި ދެކޮޅަށް އަދާލަތު ޕާޓީ ތެދުވާނެ! އިން ޝާ ﷲ! އަދި އެ މަސައްކަތުގައި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން ތެދުވާނެއެވެ! އިން ޝާ ﷲ!"- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

"ދިވެހިރާއްޖޭގެ ޖަމިއްޔާ ހިންގުމުގެ ޤާނޫނާއި ޤަވާއިދުގައި ބުނާ ގޮތުން އިސްލާމް ދީނާއި ޚިލާފް ކަމެއް ކޮށްފިނަމަ އެޖަމިއްޔާއެއް އުވާލަން ޖެހެއެވެ. ވީމާ ލާދީނީ ޓެރަރިސްޓް އެމްޑީއެން އުވާލަން ޖެހެއެވެ. އެމްޑީއެން އުވާލާށެވެ!" – ޑރ .އިޔާޟް 

"އިސްލާމް ދީނަށާއި މާތް ނަބިއްޔާ (ޞޢވ)އަސް ފުރައްސާރަކުރި އެމްޑީއެން ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ކުށްވެރިވެފައިވާތީ އެކަމާ ރައްޔިތުންގެ ގިނަ ބައަކު އަޑު އުފުލުމުން، އަޑު އުފުލާ ރައްޔިތުން ކުށްވެރިކޮށް، އެމްޑީއެންގެ ދިފާޢުގައި ވަކާލާތުކުރާ ބައަކަށް ނޫނެކޭ ބުނުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ." ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން

މިއަދު އޮންލައިން