އެމްޑީއެންއާ ދެކޮޅަށް ބާއްވާ އެއްވުންތަކުގަ ސިވިލް ސަރވަންޓުން ބައިވެރިނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެމްޑީއެންއާ ދެކޮޅަށް ބާއްވާ އެއްވުންތަކުގަ ސިވިލް ސަރވަންޓުން ބައިވެރިނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އުވާލުމަށާއި އެ ޖަމިއްޔާއިން ނެރުނު ލާދީނީ ރިޕޯޓް ނެރުނު މީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި ބާއްވަމުން ގެންދާ އެއްވުންތަކުގައި ސިވިލް ސަރވަންޓުން ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިފަދަ އެއްވުންތައް ސިފަކުރެއްވީ ހަމަނުޖެހުމަށް ގޮވާލާ އެއްވުންތަކެއްގެ ގޮތުގައެވެ. އެކަމަނާ ވިދާޅުވީ "ހަމަނުޖެހުމަށް ގޮވާލާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ސިވިލް ސާވިސް މުވައްޒަފުންނަށް ބާރު އަޅުއްވައި ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއިއެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ. 

"އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސިވިލް ސާވިސް މުވައްޒަފުންނަށް ފުރިހަމަ އަށް ލިބިދޭކަން މަޖިލީހުގެ ރައީސް ފާހަގަ ކުރައްވާ! އެހެންނަމަވެސް އެފަދަ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރި ނުވުމަށް ބާރު އެޅުއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި." 

އެއްވެ އުޅުމާއި ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެކަމުން ނޯބަލް ޕްރައިޒް ލިބިވަޑައިގަތުމުގެ މަގުމަތީގައި މިހާރުވެސް ހުންނެވި ރައީސް ނަޝީދު ވިދާޅުވިކަމަށް ނިޢްޝާ މި ވިދާޅުވި ވާހަކަތަކުން މިވާގޮތް މިހާރު ވަނީ ވަަރަށް ބޮޑަށް އޮޅިފައެވެ.

ސިޔާސީ ލީޑަރުން ވިދާޅުވުމުން ސިވިލްސަރވަންޓުންނަށް މަގުމައްޗަށް ނުކުންނަން ޖެހުނު ނަމަވެސް ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ އަށް ބަދުބަސް ބުނެ ފުރައްސާރަ ކުރުމުން ނުކުތުން މަނާވުމަކީ ކޮން އުޞޫލެއްގެ ދަށުން ހަމަޖެހޭ ކަމެއްކަމެއް ނުއެނގެއެވެ. އެމްޑީއެން އާއި ދެކޮޅަށް މިހައިތަނަށް ބޭއްވުނު އެއްވުންތަކުގެ ތެރެއިން އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް ގޮވައިލިކަމަށް މިހައިތަނަށް މައުލޫމާތު ލިބިފައިވަނީ އެފަދަ އެއްވުމެއްގައި ބައިވެރިވި އެމްޑީޕީ މެންބަރެކެވެ!

.

 

މިއަދު އޮންލައިން