ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުޘްމާނާއި ފަނޑިޔާރު ޙުސެއިން ޝަހީދުގެ ސުލޫކީ މައްސަލަތަކެއް ބަލަނީ!

ކިޔުމަށް ހޭދަވާނީ 43ސ
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުޘްމާނާއި ފަނޑިޔާރު ޙުސެއިން ޝަހީދުގެ ސުލޫކީ މައްސަލަތަކެއް ބަލަނީ!

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނާއި އެކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފިއެވެ.

އިއްޔެ ބޭއްވި ޖޭއެސްސީގެ 75 ވަނަ ބައްދަލުވުމުގައިވަނީ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނާއި އެކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ސުލޫކީ މައްސަލަތައް ބެލުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައެވެ.

މި މައްސަލަ ބަލަން އެކޮމިޝަނުން ނިންމާފައިވަނީ ކޮމިޝަނުގެ ޤާނޫނުގައިވާ ފަދައިން، ހުށައެޅޭ މައްސަލަތައް ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، ތާވަލުކުރި 19 މައްސަލައިގެ ތެރެއިން ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާން އާއި އެކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ މައްސަލައާއި، ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާގެ މައްސަލައެއް ބަލައިގަނެ ތަޙްޤީޤު ކޮމިޓީ އެކުލަވާލުމަށެވެ.

މިއަދު އޮންލައިން