އިސްލާމް ދީނުގަ އޮތް ގޮތް ބުނެދީގެން ކިތަންމެ ބޮޑު ޓެރަރިސްޓަކަށް ހެދި ނަމަވެސް އެއްވެސް މައްސަލައެއް ނެތް: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އިސްލާމް ދީނުގަ އޮތް ގޮތް ބުނެދީގެން ކިތަންމެ ބޮޑު ޓެރަރިސްޓަކަށް ހެދި ނަމަވެސް އެއްވެސް މައްސަލައެއް ނެތް: ޝައިޚް އިލްޔާސް

އިސްލާމް ދީނުގަ އޮތް ގޮތް ވިދާޅުވެގެން ކިތަންމެ ބޮޑު ޓެރަރިސްޓަކަށް ހެދި ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަށް ހުރަސް އަޅާ އެއްވެސް ޤާނޫނަކަށް އެއްވެސް ބިރެއް ޖެހިލުމެއްވެސް ނެތް ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. 

އަލިމަސް ކާނިވަލުގައި ރޭ ދަރުސް ދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ބައަކު މީހުން އިސްލާމް ދީނަކީ ހަރުކަށި ދީނެއް ކަމަށް ބުނި ނަމަވެސް އިސްލާމް ދީނުގައި އެއްވެސް ހަރުކަށިކަމެއް ނެތް ކަމަށެވެ. އަދި ކުށްކުރާ މީހުންނަށް އަދަބު ދިނުމުގައިވެސް ރަސޫލް (ޞޢވ) އަމަލުފުޅު ކުރައްވަވާފައިވަނީ ހަރުކަށި އުޞޫލުން ނޫން ކަމަށާއި އެންމެ އޯގާތެރިކަމާއިއެކުގައި ކަމަށެވެ. 

އެކަމުގެ ހެކި ދައްކަވަމުން ބަޔާންކުރެއްވެވީ ޒިނޭ ކުރި މީހާއަށް ޙައްދު ޤާއިމުކުރެއްވެވި ޙާލަތެވެ. ޞަޙާބީ ވަޑައިގެން އެކަން ކުރެއްވިއްޖެ ކަމަށް ދެންނެވުމުން އެ އަޑުފުޅުވެސް އައްސަވަން ބޭނުންފުޅުވެވަޑައި ނުގެންނެވި ކަމަށާއި ޙައްދު ޤާއިމުކުރުމަށް އަމުރުފުޅު ކުރެއްވެވީ 4 ފަހަރުމަތިން ބައްދަލުކުރައްވަވައި ކުށަށް އަމިއްލަފުޅަށް އިޢްތިރާފްވެވަޑައިގަތުމުން ކަމަށެވެ. ކުށަށް އަމިއްލައަށް އިޢްތިރާފްވުމުން ޙައްދު ޤާއިމުކުރުން ނޫން އެހެން އެއްވެސް ގޮތެއް ނުއޮންނާތީ ކަމަށެވެ. 

ޝައިޚް އިލްޔާސް ވިދާޅުވީ އިސްލާމް ދީނުގައި އޮތީ ފާހިޝް އަމަލެއް ކުރެވުނު ނަމަވެސް އެކަން ހާމަނުކޮށް އަވަހަށް ތައުބާވުން ކަމަށެވެ. ވީމާ އިސްލާމް ދީނަކީ ހަރުކަށި ދީނެއް ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމަށެވެ. 

ދީނީ ޢިލްމުވެރިން ޙައްޤުބަސް ވިދާޅުވުމުން ފުރައްސާރަކުރާ މައްސަލަ ވެސް ޝައިޚް އިލްޔާސް ބަޔާންކޮށް ދެއްވެވިއެވެ. 

ޝައިޚް އިލްޔާސް ވިދާޅުވީ އެމީހަކު ބޭނުން ނުވާ ކަމެއްގެ ވާހަކަ ޝައިޚަކު ވިދާޅުވެއްޖެ ނަމަ އެހިސާބުން ޝައިޚު ކަމުނުދާ ކަމަށެވެ. ވިކިފައި ހުރި މީހަކަށް ހަދާ ކަމަށެވެ. އަދި އެއީ މައްކާގެ މުޝްރިކުން ވެސް އެކަން ކުރި ގޮތް ކަމަށެވެ. 

ރަސޫލް (ޞޢވ) އަށް "މުޙައްމަދުލް އަމީން" ގެ ޝަރަފު އެރުވީވެސް މުޝްރިކުން ކަމަށާއި އެމީހުން އަޑުއަހައި ޤަބޫލުކުރަން ބޭނުން ނުވާ ކަމެއްގެ ވާހަކަ ޙަދީޘްފުޅު ކުރެއްވެވުމުން ދޮގުކޮށް އިންކާރުކުރީވެސް ހަމަ އެމީހުން ކަމަށެވެ. އަދި ގެއްލި ހަލާކުވެގެން ދިއައީ އަބޫ ލަހަބު ކަންވެސް ބަޔާންކޮށް ދެއްވެވިއެވެ. 

ދަރުސްގެ ވީޑިއޯ:

 

މިއަދު އޮންލައިން