އުއްތަމަ ފަނޑިޔާރު ވަކިކޮށް ޝަރުޢީ ޢިލްމު ލިބިފައި ނުވާ ބައަކު މަޤާމަށް ގެނައުމާމެދު ޝައިޚް އިލްޔާސް ކަންބޮޑުވެވަޑައިގެންފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އުއްތަމަ ފަނޑިޔާރު ވަކިކޮށް ޝަރުޢީ ޢިލްމު ލިބިފައި ނުވާ ބައަކު މަޤާމަށް ގެނައުމާމެދު ޝައިޚް އިލްޔާސް ކަންބޮޑުވެވަޑައިގެންފި!

"ކަމުގެ ޢިލްމު ލިބިފައިވާ ޤާބިލު، ކީރިތި ޤުރްއާން ހިތުދަސް، ޝަރީޢާ އިން ޕީއެޗްޑީ އޮތް، ބޭފުޅަކު މި ޤައުމުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އެފަދަ ބޭފުޅަކު މަޤާމުން ވަކިކޮށް ޝަރުޢީ ޢިލްމު ލިބިފައި ނުވާ ބައަކު މަޤާމަށް ގެނައުމަކީ ކޮންކަހަލަ އިންސާފެއްތޯ؟ ރައްޔިތުން މިކަމާ ވިސްނަވާ!" –ޝައިޚް އިލްޔާސް ޙުސައިން 

މިބަސްފުޅާއިއެކު ޝައިޚް އިލްޔާސް ހާމަކުރައްވާފައިވަނީ ކީރިތި ޤުރްއާނުގެ އައްޒުމަރު ސޫރަތުގެ 9 ވަނަ އާޔަތެވެ.

"ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައިގައްޔާއި، ޤިޔާމްގައި މަޑުމޮޅިވެ، އާޚިރަތް ދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަޙްމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ." (އައްޒުމަރު: 9)

މިއަދު އޮންލައިން