ލިބިފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅެއް! އިލާހީ ރުއްސެވުމާއި ފުއްސެވުން ލިބޭފަދަ ކަންތައް ކުރުން ގިނަ ކުރައްވާ!: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ލިބިފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅެއް! އިލާހީ ރުއްސެވުމާއި ފުއްސެވުން ލިބޭފަދަ ކަންތައް ކުރުން ގިނަ ކުރައްވާ!: ޝައިޚް އިލްޔާސް

"ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިދުނިޔެއަކީ ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ ތަނެކެވެ. ލިބިފައިވާ މި ފުރުޞަތުގައި އިލާހީ ރުއްސެވުމާއި ފުއްސެވުން ލިބޭފަދަ ކަންތައް ކުރުން ގިނަ ކުރައްވާށެވެ! ނުވެސް އެނގި ތިއްބައި އަޖަލު ހަމަވެދާނެއެވެ. ޔާ ﷲ! ހެޔޮ އަމަލުކުރުމުގެ ތައުފީޤް އަޅަމެންނަށް ދެއްވަވާނދޭވެ! އާމީން." 

މިބަސްފުޅާއިއެކު ޝައިޚް އިލްޔާސް ހާމަކުރައްވަވާފައިވަނީ އަލްޙަދީދް ސޫރަތުގެ 20 ވަނަ އާޔަތެވެ. 

"ތިއަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިއަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބް ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޒާބެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ." (އަލްޙަދީދް: 20)

މިއަދު އޮންލައިން