ޖޭއެސްސީގެ ރައީސް ކަމުން ފަނޑިޔާރު އަރީފް އިސްތިއުފާ ދެއްވައިފި!

ކިޔުމަށް ހޭދަވާނީ 51ސ
ޖޭއެސްސީގެ ރައީސް ކަމުން ފަނޑިޔާރު އަރީފް އިސްތިއުފާ ދެއްވައިފި!

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އިސްތިއުފާ ދެއްވައިފިއެވެ.

އެމަޤާމުން ފަނޑިޔާރު އަރީފު އިސްތިއުފާ ދެއްވާފައިވާއިރު، ޖޭއެސްސީން އިއްޔެ ބުނެފައިވަނީ ފަނޑިޔާރު އެމަނިކުފާނުގެ 14 މައްސަލަ އެއް ކޮމިޝަނުން ބަލަމުން އަންނަކަމަށެވެ.

ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުން ފަނޑިޔާރު އަރީފް އިސްތިއުފާ ދެއްވާފައިވާ ސަބަބެއް އަދި އެނގިފައި ނުވާއިރު، އެމަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވާފައި މި ވަނީ ފަނޑިޔާރު އަރީފް ވެސް ހިމެނިވަޑައިގަންނަނާ ގޮތަށް، ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ އެކި މައްސަލަތައް ޖޭއެސްސީން ބަލަމުން އަންނަނިކޮށެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް އެ މަނިކުފާނު ގެންދަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަނީ ކުރި ހުކުމަކާ ގުޅޭ މައްސަލައެއް ކަމަށް ވިދާޅުވެ އެއީ ޖޭއެސްސީ އަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވަމުންނެވެ.

 

މިއަދު އޮންލައިން