ޑރ. އަފްރާޝީމްގެ ހަޤީޤީ ޤާތިލުން ފޮރުވުމަށް ދަނީ މަސައްކަތްކުރަމުން: ޑރ. މުހައްމަދު ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޑރ. އަފްރާޝީމްގެ ހަޤީޤީ ޤާތިލުން ފޮރުވުމަށް ދަނީ މަސައްކަތްކުރަމުން: ޑރ. މުހައްމަދު ޝަހީމް

އަވަހާރަކޮށްލާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. އަފްރާޝީމ ޢަލީ އަވަހާރަކޮށްލި ޙާދިސާ އާއި ގުޅުވައިގެން އެ ހާދިސާ އާއި އެއްވެސް ގުޅުމެއް ނެތް މައުސޫމް މީހުންނާއި ގުޅުވައި ހަޤީޤީ ޤާތިލުން ފޮރުވުމަށް މަސައްކަތްކުރަމުންދާކަމަށް ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވަނީ މަރުކޮމިޝަނުން އެކުލަވާލާފައިވާ ޑރ. އަފްރާޝީމް ޢަލީގެ މަރާއި ގުޅޭގޮތުން އެކުލަވާލި ރިޕޯޓްގައި ޑރ. ޝަހީމްއަށް ކުރައްވާފައިވާ ތުހުމަތު ދޮގުކުރައްވައިފައެވެ.

މިކަމާއި ގުޅިގެން ޑރ. ޝަހީމްގެ ރަސްމީ ބަޔާނެއް ވަރަށް އަވަހަށް ޢާންމުކުރައްވާނެކަން މިއަދުނޫހަށް ވަނީ އެނގިފައެވެ.

ޑރ. ޝަހީމް މިހާރތު ކުރައްވާފައިވާ ޓްވީޓުގައި ވަނީ އަނިޔާވެރި އަމަލުތަކުން އޭނާ ބަރީޢަ ވަގެންވާކަން މާތްﷲ ދެނެވޮޑިގަންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލިރޭ ޓީވީއެމްގެ ޕްރޮގުރާމަކަށް އެރުމާއި ގުޅޭގޮތުން މަރުކޮމިޝަނަށް ދީފައިވާނީ ތެދު މައުލޫމާތުކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން