ނެރޭ ރިޕޯޓަކުން އިސްލާމް ދީނަށް ފުރައްސާރަކުރި ބައެއްގެ ދިފާޢުގަ ވަކާލާތުކުރި މައްސަލަ އޮއްބައެއް ނުލެވޭނެ: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ނެރޭ ރިޕޯޓަކުން އިސްލާމް ދީނަށް ފުރައްސާރަކުރި ބައެއްގެ ދިފާޢުގަ ވަކާލާތުކުރި މައްސަލަ އޮއްބައެއް ނުލެވޭނެ: ޝައިޚް އިލްޔާސް

"ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާ (ޞޢވ) އަސް ފުރައްސާރަކުރި ބައެއްގެ ދިފާޢުގައި ވަކާލާތުކުރި މައްސަލަ އޮއްބާލަން ކިތަންމެ ރިޕޯޓެއް ނެރުނު ނަމަވެސް އެއްބައެއް ނުލެވޭނެ އެވެ. އިން ޝާ ﷲ! 

ދޮގު ތުހުމަތުކޮށް ޙަޤީޤަތް އޮޅޭ ގޮތަށް ރިޕޯޓް ތައްޔާރުކުރާއިރު މި ނޫން ދުވަހެއްވާކަމަށް ބިރުވެތިވާށެވެ." 

މިބަސްފުޅާއިއެކި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ހާމަކުރައްވާފައިވަނީ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތެވެ. " އެދުވަހެއްގައި، ﷲގެ ޙަޟްރަތަށް ތިއަބައިމީހުން ރުޖޫޢަކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ." (ބަޤަރާ: 281)

 

 

މިއަދު އޮންލައިން