ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ޢިލްމުވެރިންގެ ލޯބި ލިބިވަޑައިގެންނެވި ފަހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ޢިލްމުވެރިންގެ ލޯބި ލިބިވަޑައިގެންނެވި ފަހުން!

"ޑރ. އަފްރާޝީމަކީ މިހާރު ކުރީގެ ޑރ. އަފްރާޝީމެއް ނޫން. ކުރިން ދެއްކެވި ފަދަ އެއްވެސް ފާހަކަފުޅެއް ދެން ނުދައްކަވާނެ. އެއީ ވަރަށް ޢިލްމީ ބޭފުޅެއް. އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އެބައޮތް. އެފަދަ ޢިލްމީ ބޭފުޅުން ފިޤްހް އެކަޑަމީގައި ބައިވެރިކުރުމަކީ ވަރަށް ފައިދާ ކުރާނެ ކަމެއް." 

މިއީ ޑރ. އަފަރާޝީމް ފިޤްހް އެކަޑަމީގެ މެންބަރަކަށް ހަމަޖައްސަވަން އުޅުއްވާ ކަމުގެ މައުލޫމާތު ލިބުމުން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ދެއްވި ޖަވާބެވެ. 

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ޑރ. ޝަހީމްގެ އިތުރުން އެހެންވެސް ވަރަށް ގިނަ ދީނީ ޢިލްމުވެރިންނާއި ވަރަށް ބޮޑަށް ގުޅުން ބަދަހިކުރެއްވެވިފަހުންނެވެ. އެދުވަސްވަރު ޑރ. އަފްރާޝީމް ގެންދެވީ އިސްލާމިކް މިނިސްޓްރީގެ ލައިބްރަރީގައިވެސް ވަރަށް ގިނަ ވަގުތު ހޭދަކުރައްވަމުންނެވެ. ލައިބްރަރީން އަޅުގަނޑާއިވެސް ވަރަށް ގިނަ ފަހަރު ވަނީ ބައްދަލުވެ ވާހަކަ ދެކެވިފައެވެ. 

އެއިރު މެންދުރު ނަމާދު ވަގުތު ޖެހުމުން ނުވަތަ ނަމާދުން ފައިބާވަޑައިގެންވެސް ޑރ. ޝަހީމް އާއި ބައްދަލުކުރައްވައި ވަރަށް އުފާވެރިކަމާއިއެކު މަޝްވަރާ ކުރައްވައި ހެއްދެވިތަން ވަނީ ފެނިފައެވެ. 

ޑރ. ޝަހީމްގެ ކިބައިން އެއްވެސް ބާވަތެއްގެ ބިރު ދެއްކެވުމެއް ނުވަތަ ހިތްޕުޅު ހަމަނުޖެހުމެއް އޮތް ނަމަ އެފަދައިން ޑރ. އަފްރާޝީމް ކަންކަން ކުރައްވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ލިޔުން ފަށަމުން މި ބަޔާންކުރި ވާހަކަ މިއަދުނޫހުގައި ވާނީ އެކި ޚަބަރުތަކާއި ގުޅިގެން ކުރިންވެސް އެކި ފަހަރުމަތިން ޝާއިޢުކޮށްފައެވެ.

މިއަދު އޮންލައިން