އަޅުގަނޑުގެ އަބުރު ކަތިލާފައި ތިއަ އެޅީ ވެރިކަން ނިމުމުގެ ބިންގާ ކަމަށްވެސް ވެދާނެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އަޅުގަނޑުގެ އަބުރު ކަތިލާފައި ތިއަ އެޅީ ވެރިކަން ނިމުމުގެ ބިންގާ ކަމަށްވެސް ވެދާނެ!: ޑރ. ޝަހީމް

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް 1 އަހަރު ފުރުން ފާހަގަކުރަން ނުޙައްޤުން ކަތިލި ކަންބަޅި ބަކަރިއަކީ އަޅުގަނޑުތޯއެވެ؟ އަޅުގަނޑުގެ އަބުރު ކަތިލާފައި ތިއަ އެޅީ ވެރިކަން ނިމުމުގެ ބިންގާ ކަމަށްވެސް ވެދާނެއެވެ. ތިއަ ދިނީ އެންމެ ބޮޑު އަނިޔާއެވެ." – ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑރ. ޝަޙީމް އާއި ޝައިޚް އިމްރާން އާއި ޝައިޚް އާދަމް ޝަމީމަކީ ރާއްޖޭގައި ތިބި އެންމެ ބޮޑެތި ޓެރަރިސްޓުން ކަމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޢާންމުކުރިއެވެ. 10 މިނިޓުފަހުން ޑރ. ޝަހީމްގެ ނަންފުޅު ނެގިއެވެ. 

3 މަސް ފަހުން ފެނިގެން ދިއައީ ރައީސް ނަޝީދުގެ ވެރިކަން ނިމުނުތަނެވެ. ކޮންމެ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތައާލާއެވެ.

 

މިއަދު އޮންލައިން