ރާއްޖޭގެ އިސްލާމީ ޢިލްމުވެރިންގެ މެދުގަ ހުރީ މަދުރަސީ ޚިލާފްތައްކެއް - އެއްވެސް މީހަކު މަރާކަށް ހިތްވަރެއް ނުދޭނެ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރާއްޖޭގެ އިސްލާމީ ޢިލްމުވެރިންގެ މެދުގަ ހުރީ މަދުރަސީ ޚިލާފްތައްކެއް - އެއްވެސް މީހަކު މަރާކަށް ހިތްވަރެއް ނުދޭނެ: ޑރ. ޝަހީމް

ރާއްޖޭގެ އިސްލާމީ އިލްމުވެރިން އެއްވެސް މީހަކު މަރާކަށް ހިތްވަރު ނުދޭނެ ކަމަށާއި ރާއްޖޭގެ އިލްމުވެރިންގެ މެދުގައި ހުރި އެކިއެކި ހިލާފުތަކަކީ އިލްމީ ހިލާފުތަކެއް ކަމަށް ކުރިގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.   

ޑރ. ޝަހީމް މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިސްލާމީ ޢިލްމުވެރިންގެ މެދުގައިވެސް ހުރީ އެހެން ދާއިރާތަކުގެ އިލްމުތަކުގެ އަހުލުވެރިންގެ މެދުގައި ވެސް ހުންނަ މަދުރަސީ ހިލާފުތައް ފަދަ ހިލާފުތަކެއް ކަމަށެވެ. 

"އަޅުގަނޑުގެ ވަޒީރުކަމުގައި މަސައްކަތްކޮށްފައިވާނީ އިލްމުވެރިން އެއް ގަލަކަށް އަރުވައި، ހިޔާލު ތަފާތުވުން ކުޑަކޮށް، ސުލްހަވެރިކަމާއެކު މަޝްވަރާ ކުރުމުގެ ވެށްޓެއް އުފެއްދުމަށް. އަދި ހަރުކަށި ހިޔާލުގެ މީހުން ފިކުރީ ގޮތުން ރަނގަޅު ބައަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ" ކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ. 

ޑރ. ޝަހީމް ގެ އިސްލާމިކް މިނިސްޓަރުކަމުގައި ވަނީ ހަރުކަށި ފިކުރުގެ ބައެއް ޒުވާނުންނާއި އިސްލާމް ދީނާއި ދުރުވަމުން ދިއަ ބައެއް ޒުވާނުން އިސްލާމިކް މިނިސްޓްރީއަށް ގެންދަވައި ނަޞޭޙަތް ދެއްވައިގެން ކުރިއެރުންތަކެއްވެސް ހޯއްދަވައިފައެވެ. އަދި އެކަމަށް އިސްލާމިކް މިނިސްޓްރީގެ ދީނީ ޢިލްމުވެރިން ކުރެއްވި މަސައްކަތްތަކުގައި ޑރ. ޝަހީމް ވަނީ ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. 

ނަތީޖާއެއްގެ ގޮތުން އެއިރު އިސްލާމް ދީނާ ދުރުވަމުން ދިއަ ބައެއް ކުދިން އިޞްލާޙްވެ މިސްކިތްތަކުގެ އަހުލުވެރިންނަށް ވެސް ވަނީ ބަދަލުވެފައިކަން ފާހަގަކުރެވެއެވެ. 

މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި މިފަދަ އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި ޑރ. އަފްރާޝީމްގެ މަރާއި ޑރ. ޝަހީމް އާއި ގުޅުވަން މަސައްކަތްކޮށްފައި އޮތުމުން ދީނީ ޢިލްމުވެރިންގެ އިތުރުން ރައްޔިތުންގެ ގިނަ ބައަކު ވަނީ އެކަން ބަލައި ނުގެންފައެވެ. އަދި މީގެ ކުރިން ނެރުނު ރިޕޯޓޫގައި މިސްކިތްތައް ބަދުނާމުކުރަން މަސައްކަތްކުރި ފަދައިން މިފަހަރުގެ ރިޕޯޓުގައި ދީނީ ޢިލްމުވެރިންނާއި އަދާލަތު ޕާޓީ "ކަތިލަން" މަސައްކަތްކޮށްފައިވާކަން ވެސް ގިނަ ބައަކު ވަނީ ފާހަގަކޮށްފައެވެ. 

މިއަދު އޮންލައިން