"ރައްޔިތުންގެ ޢިއްޒަތްތެރި މަޖިލީހުގެ ކަރާމަތާއި ހައިބަތު ގެއްލޭ ގޮތަށް، މައެއް މެންބަރުން އިސްލާމް ދީނަށް މަލާމާތްކޮށް، ފުރައްސާރަކޮށް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަގަށް ގޮވަމުން ގެންދާއިރުވެސް ރިޔާސަތުން މިކަން ނުހުއްޓުވައި ކުރިއަށް ގެންދާ ކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. އަދި އެއީ ވަރަށް ނާތަހުޒީބު އަމަލެކެވެ." ފަޟީލަތުއްޝައިޚް ޢިލްޔާސް ޙުސައިން
ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެފައިވާއިރު ރިޔާސަތުން ވިދާޅުވެފައިވަނީ ނިޒާމީ ނުކުތާވެސް ދެއްވާނީ ރިޔާސަތަށް ފެނިވަޑައިގަންނަވާ ކަންކަމުގައި ފެނިވަޑައިގަންނަވާ މެންބަރުންނަށް ކަމަށެވެ.