"ދޮގު އިލްޒާމް އަޅުވައިގެން، ތުހުމަތުތައް އުފައްދައިގެން ކިތަންމެ ވަރަކަށް އަހަރެމެންގެ އަބުރު ކަތިލެވިދާނެ. ކުރިންވެސް ކަތިލި. ނަމަވެސް މާތްﷲގެ ހެޔޮ ރަހުމަތްފުޅުން އަހަރެމެންގެ އަޒުމެއް ގުޑުވައެއް ނުލެވޭނެ. އުމާއި ދީނާއި، އުންމަތަށް އޮތް ލޯބިވެސް އަހަރުމެންގެ ހިތުން ނުފޮހެވޭނެ!" – ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. ޝަހީމް މިރޭ ވެސް ވިދާޅުވީ އެއްވެސް ފަރާތަކަށް ދޮގު މައުލޫމާތު ދެއްވާފައި ނުވާނެ ކަމަށާއި ދެއްވާފައިވާނީ ޞައްޙަ ތެދު މައުލޫމާތު ކަމަށެވެ.
241 ކޮމިޓީން މިރޭ ވަނީ ޑރ. ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ބުނެ އެމަނިކުފާނަށް ފިޔަވަޅު އަޅަން ނިންމައިފައެވެ. ނަމަވެސް އަޅަނީ ކޮން ފިޔަވަޅެއްކަމެއް އަދި ނުއެނގެއެވެ.
Dhogu ilzaamu alhuvaigen, thuhumathuthah ufadhaigen Kithamme varakah aharumen ge aburu kathilevidhaane. kurinves kathili. Namaves maai Allah ge heyo rahumaifulhun aharumenge azumeh guduvaeh nuleveyne. Qaumaai dheenaai ummathah oy loab ves aharumen ge hithun nufoheveyne
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 20, 2019