އެމްޑީއެން ފިކުރަށް އިސްލާމް މުޤައްރަރު ބަދަލުކުރަން ކުރާ މަކަރުވެރި މަސައްކަތް ހުއްޓާލަން ޝައިޚް އިލްޔާސް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެމްޑީއެން ފިކުރަށް އިސްލާމް މުޤައްރަރު ބަދަލުކުރަން  ކުރާ މަކަރުވެރި މަސައްކަތް ހުއްޓާލަން ޝައިޚް އިލްޔާސް ގޮވާލައްވައިފި

ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް ކިޔަވައިދޭ މުޤައްރަރު އެމްޑީއެން ފިކުރަށް ބަދަލުކުރަން ކުރާ މަކަރުވެރި މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ.

ޝައިޚް އިލްޔާސް ފުރަތަމަ ކުރައްވާފައިވަނީ ސުވާލެކެވެ. އެއީ " ނަފްރަތާ ރުޅިވެރިކަން އުފެދޭ ގޮތަށް ލިޔެފަވަނީ ދަރިވަރުންގެ ކޮން ފޮތެއްގަތޯ؟" އެވެ. އެއަށްފަހު ގޮވާލައްވާފައިވަނީ ބުހުތާން ދޮގު ފަތުރައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އިސްލާމް މުޤައްރަރު ބަދަލުކުރަން ތިކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓަވައިލެއްވުމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އިސްލާޙާއި ތަރައްޤީގެ ނަމުގައި ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށެވެ. އިން ޝާ ﷲ!

"ނަފްރަތާ ރުޅިވެރިކަން އުފެދޭ ގޮތަށް ލިޔެފަވަނީ ދަރިވަރުންގެ ކޮން ފޮތެއްގަތޯ؟ ބުހުތާން ދޮގު ފަތުރައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އިސްލާމް މުޤައްރަރު ބަދަލުކުރަން ތިކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓަވައިލައްވާ! އިސްލާޙަށޭ، ތަރައްޤީ އޭ ބުނެ ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ! އިން ޝާ ﷲ!"— ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން

ޝައިޚް އިލްޔާސް މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ އދ އެކަމުގެ ތެރެއަށް ވަދެގަނެގެން އިސްލާމީ ޤައުމުތަކުގައި ކިޔަވައިދޭ މުޤައްރަރު، ދަރިވަރުން އިސްލާމް ދީނާއި ދުރުކުރެވޭނެ ގޮތްތަކަށް ބަދަލުކުރަމުން ގެންދާ ވަގުތެއްގައެވެ. ރާއްޖޭގައިވެސް އދ އިން ވަނީ މިކަމުގެ ތެރެއަށް ވަދެގެންފައެވެ.

މިއަދު އޮންލައިން