"އަދާލަތު ޕާޓީ ސަރުކާރުގައި އޮވެމެ ސަރުކާރު ހިންގާ މައި ޕާޓީން މަޖިލިސްގެ މެޖޯރިޓީ ބޭނުންކޮށްގެން، ދޮގު ތުހުމަތު އަޅުވައި، އިސްލާމީ ޢިލްމުވެރިންނާއި އިސްލާމީ ދައުވަތުދޭ ޖަމާއަތްތަކާއި ދެކޮޅަށް ހިންގަމުންދާ ކަންކަމުގައި ރަސްމީ "ސްޓޭންޑެއް" ސާފުކޮށްދިނުމަކީ އަޚްލާޤީ ވާޖިބެކެވެ." –ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ދެބޭފުޅުން ކަމަށްވާ ޝައިޚް އިލްޔާސް ޙުސައިން ޢާއި ޑރ. އިޔާޟް ގެންދަވަނީ ސަރުކާރުގެ ނިންމުންތަކަށާއި ކުރާ ކަންކަމަށް ފައުޅުގައި ދެކޮޅު ހައްދަވަމުންނެވެ.
އެހެންކަމާއިއެކުވެސް ޢަދާލަތު ޕާޓީގެ ރަސްމީ ބަހެއް މިކަންކަމުގައި ހާމަނުކުރާތީ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.