ޝައިޚް އިލްޔާސް އައްޑޫ ސިޓީ ކައުންސިލަށް: ދީނަށް ނަފްރަތުކުރާ މީހަކަށް އަޅުވެތިވެފައިވާ މިންވަރު ސާފުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޝައިޚް އިލްޔާސް އައްޑޫ ސިޓީ ކައުންސިލަށް: ދީނަށް ނަފްރަތުކުރާ މީހަކަށް އަޅުވެތިވެފައިވާ މިންވަރު ސާފުވެއްޖެ!

"ފައުޅުގައި އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރި އެމްޑީއެން އާއި ދެކޮޅަށް ރާއްޖޭގެ ގިނަ ކައުންސިލްތަކުން ބަޔާން ނެރުނު ހިނދު ހަނު ތިބެފައި، ސާބިތު ނުހިފޭ ތުހުމަތަކަށް ވަކި ފަރުދަކު ރުއްސަން ޤަރާރު ނެރުމުން ދީނަށް ނަފްރަތުކުރާ މީހަކަށް އަޅުވެތިވެފައިވާ މިންވަރު ސާފުވެއްޖެއެވެ." ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން 

ޝައިޚް އިލްޔާސް ޙުސައިން މިމޭރުމުން ވިދާޅުވެ ކުރެއްވި ޓްވީޓުގައި ހާމަކުރައްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލުން "ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކޭ" ކިޔައިގެން ނެރެފައިވާ ޤަރާރެކެވެ.

 

މިއަދު އޮންލައިން