"ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަކުރައްވަވާފައި ނަމަވެސް، ދީނުގައި އައިސްފައިވާ ކަންތައްތައް އެކަކު އަނެކަކަށް ހަނދާންކޮށްދިނުމަކީ އެކްމުން މުއުމިނުންނަށް ލާބައާއި މަންފާ ކުރާނެ ކަމަކަށްވާތީ ﷲ ތައާލާ ވަނީ ހަނދުމަކޮށްދިނުމަށް އަމުރުފުޅުކުރައްވަވައިފައެވެ. ވީމާ ބައަކު ކިތަންމެ ރުޅި އައިނަމަވެސް އެކްން ހުއްޓުވައެއް ނުލެވޭނެއެވެ. އިން ޝާ ﷲ!"
ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެފައިވާ މިބަސްފުޅާއިއެކު އެކަމުގެ ދަލީލު ދައްކަވަން ހާމަކުރައްވަވާފައިވަނީ އައްޛާރިޔާތުގެ 55 ވަނަ އާޔަތެވެ!
" ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ." (އައްޛާރިޔާތު: 55)
ﷲ ތައާލާގެ މިފަދަ އަމުރުފުޅުތަކަކީ ޢަބްދުﷲގެފާނުގެ ދަރިކަލުން މުޙައްމަދު ރަސޫލް (ޞޢވ) ގެ މައްޗަށް އެކަނި ކުރައްވަވާފައިވާ އަމުރުފުޅުތަކަށް ނުހެދޭނެއެވެ. މިއީ އެންމެހައި މުއުމިނުންގެ މައްޗަށް ކުރައްވަވާފައިވާ އަމުރުފުޅުތަކެކެވެ. ތަންފީޒު ކުރެއްވެވުމަކީ ދީނީ ޢިލްމުވެރިންގެ މައްޗަށް ބޮޑުވެގެންވާ ވާޖިބެކެވެ.