"އަހަރެމެންގެ އީމާންކަމުގެ މުންނާރުތައް ވައްޓައި ނުލެވޭނެ!" ކަމަށާއި އަދި "އަހަރެމެންގެ އިސްލާމްކަމުގެ ކިއްލާތައް ފޫ އަޅުވައެއްވެސް ނުލެވޭނެ" ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ ކޮޅިގަނޑެއްގައި އަހަރެމެންގެ ސަފުތައް ރޫޅިގެން ދިއަ ނަމަވެސް އަލުން ސަފުތައް ރުކުރުވާލައި އަހަރެމެން ﷲ ގެ ރަޙްމަތާއިއެކީ ނަޞްރު ހޯދަނެ ކަމަށެވެ.
"މަޖިލީހުގެ ނިންމުމަކީ ޤާނޫނު އަސާސީ އާއި ޚިލާފް، ޣައިރު ޤާނޫނީ ނިންމުމެކެވެ. ފިޔަވަޅު އަޅަން ނިންމުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް ނޫނެވެ. ކޮމިޝަނުގެ ރިޕޯޓުގައި ނެތް ތުހުމަތު އުފައްދައިގެން ޙަޤީޤީ ޤާތިލުން ފޮރުވަން މަސައްކަތްކުރަމުން ދިއުމަކީ ޖަރީމާއެކެވެ.
"ސަލަފް އާއި އަޅުގަނޑުގެ ނަން ރިޕޯޓުގައި ހިމަނައި ފިޔަވަޅު އަޅަން ނިންމީ އަޅުގަނޑުމެންނަކީ އެމްޑީޕީގެ އުނގަށް ނުވެއްޓި، ޤައުމު ވިއްކާލަން ރިޝްވަތުގައި ނުހިފައި، މިނިވަންކަމާއިއެކީ މިވަގުތާއި ހަމައަށް އިސްލާމް ދީނަށް ޚިދުމަތް ކުރުމުގައި ދެމިތިބި ބައަކަށްވާތީ ޙަސަދަ ފިލުވުމުގެ މަޤްޞަދުގައެވެ."