ފަނޑިޔާރު އަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި!

ކިޔުމަށް ހޭދަވާނީ 43ސ
ފަނޑިޔާރު އަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި!

ފަނޑިޔާރު އަބްދުއްރައޫފް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖޭއެސްސީގައި ހައިކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު އަބްދުއްރައޫފް ޖޭއެސްސީން އިސްތިއުފާ ދެއްވައިފިކަން ހައިކޯޓުން ވަނީ އިއުލާނު ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބެއް ހައިކޯޓުން ބަޔާން ކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެކޮމިޝަނުން ވަނީ އެތުހުމަތުތައް ދޮގު ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން މިފަދަ ތުހުމަތު ތަކެއް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްސަލަ ކުރިން ބައްލަވަމުން ގެންދިޔަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ޖޭއެސްސީން ސަސްޕެންޑު ކުރުމާއި ގުޅިގެންނެވެ.

މިއަދު އޮންލައިން