ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރަކަށް އެކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އިންތިހާބު ކޮށްފިއެވެ.
ޢަލީ ސަމީރަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ފަނޑިޔާރު އަލީ ސަމީރު ވަނީ ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރކަމާއި، މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން އަދާކުރައްވާފައެވެ.
ހައިކޯޓުގެ ފަރާތުން ކުރިން ޖޭއެސްސީ ގައި ހުންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް މިދިޔަ އާދިއްތަ ދުވަހު ވަނީ އިސްތިއުފާ ދީފައެވެ.