އަޅުގަނޑަށް ދައުވާ ކުރަނީ ސިޔާސީ މުސްތަގުބަލު ދުއްވާލަން: ޑރ. ޝަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
އަޅުގަނޑަށް ދައުވާ ކުރަނީ ސިޔާސީ މުސްތަގުބަލު ދުއްވާލަން: ޑރ. ޝަހީމް

މަރު ކޮމިޝަނަށް ޑރ. ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާކަމަށްބުނެ އެކޮމިޝަނުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދައުވާ ކުރަނީ ސިޔާސީ މުސްތަގުބަލު ދުއްވާލަން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ޑރ. ޝަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނާއި ޑރ. އަފްރާޝީމްގެ މަރާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ މަސައްކަތަށް ހުރަސް އަޅައި، ސިޔާސީ މުސްތަގުބަލު ދުއްވާލަން ކަމަށެވެ.

މަރު ކޮމިޝަނުން ވަނީ ޑރ. ޝަހީމް ކޮމިޝަނަށް ދޮގު މައުލޫމާތު ދެއްވާފައިވާތީ އަދި ކޮމިޝަނުގެ ތަހުގީގަށް ހުރަސްއަޅާފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް މިއަދު ފޮނުވާފައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި ޑރ. ޝަހީމް އާއި އެއްވެސް ގުޅުމެއް ނެތްކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގެ 51 ވަނަ ޞަފްޙާގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ.

 

މިއަދު އޮންލައިން