އެނގިތިބެމެ ސިޔާސީ ފޯރީގަ މުޖުތަމައު ހަލާކުކޮށް ނުލުމަށް ޝައިޚް މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އެނގިތިބެމެ ސިޔާސީ ފޯރީގަ މުޖުތަމައު ހަލާކުކޮށް ނުލުމަށް ޝައިޚް މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފި

މިކުރެވެނީ ކޮންކަމެއްކަން ރަނގަޅަށް އެނގިތިބެމެ އެނގިތިބެމެ ސިޔާސީ ފޯރީގައި ދިވެހި އިސްލާމީ މުޖުތަމައު ފުނޑުފުނޑުކޮށް ހަލާކުކޮށް ނުލުމަށް ޝައިޚް މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފި އެވެ.

"ޢާއިލާ ހަލާކުކޮށްލުމަށް މައިމީހާގެ ދައުރު ނަގައިލާށެވެ! ތަޢުލީމު ހަލާކުކޮށްލުމަށް މުޖުތަމަޢުގައި ކިޔަވައިދޭމީހުންގެ ޤަދަރުކުޑަކޮށްލާށެވެ! ނަމޫނާ ކަމަށް ބަލާފާނެ މީހުންގެ އަބުރުދުއްވާލުމަށް ޢިލްމުވެރިންނަށް ހުތުރު ބަސްތައް ރައްދުކޮށް އެމީހުންގެ އަބުރު ކަތިލާށެވެ!  

އިސްލާމްދީނާބެހޭ ދިރާސާކުރާ ޣައިރު މުސްލިމަކު ބުނެފައިވެއެވެ. ބައަކު މީހުންގެ ޙަޟާރަތެއް ފުނޑުފުނޑުކޮށްލަން ބޭނުންނަމަ ތިންކަމެއްކުރާށެވެ!  އެއީ، ޢާއިލާއާއި ތަޢުލީމު ހަލާކުކޮށް، މީސްތަކުން ނަމޫނާއަކަށް ބަލާފާނެ މީހުންގެ އަބުރުކަތިލުމެވެ!

ސެކިއުލާ މީހުންނަނަކީ ކޮބައިކަން ތިމާމެން ދެނެތިބެމެ، ޖެހިފައިވާ ސިޔާސީ ފޯރިގަނޑު، ހަމަބުއްދިއަށްވުރެ އިސްކޮށް އެމީހުންނަށް ބާރުލިބޭގޮތަށް ވާހަކަދައްކައި ހެދުމަކީ ފަހުން އެކަމާ ހިތާމަކުރާނެ ކަމެއް ކަމަކާމެދު ކުޑަވެސް ޝައްކެއްނެތެވެ!"

--ޝައިޚް މުޙައްމަދު ލަޠީފް  

މިއަދު އޮންލައިން