ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގައި ޚިދުމަތްކުރަމުން އައި ޑޮކްޓަރު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
ދ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވަމުން މެނޭޖަރު ޠޯހިރު މިއަދު ވިދާޅުވީ ޑޮކަޓަރު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އޭނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން ލަފާކުރައްވާ ކަމަށެވެ.
"އެއީ 33 އަަހރުގެ ޒުވާން، ބަނގްލަދޭޝް ޑޮކްޓަރެއް. މާއެނބޫދޫ ހޮސްޕިޓަލުގައި ޚިދުމަތްކުރާތާ އަދި މިވީ 2 މަހެއްހައި ދުވަސް. މަރުވިކަމަށް ވަނީ ހުކުރު ވަގުތު. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެނެވުނު އިރުވެސް އޮތީ މަރުވެފައި." ޠޯހިރު ވިދާޅުވިއެވެ.