4 ގާޒީއެއް ސިވިލް ކޯޓަށް, ކްރިމިނަލް ކޯޓަށް އެއް ގާޒީ އައްޔަނުކުރަން ޖޭއެސްސީ އިން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
4 ގާޒީއެއް ސިވިލް ކޯޓަށް, ކްރިމިނަލް ކޯޓަށް އެއް ގާޒީ އައްޔަނުކުރަން ޖޭއެސްސީ އިން ނިންމައިފި

4 ގާޒީއެއް ސިވިލް ކޯޓަށް, ކްރިމިނަލް ކޯޓަށް އެއް ގާޒީ އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެކޮމިޝަނުގެ ބައްދަލުވުމުގައި ރޭ ނިންމާފައިވަނީ ކްރިމިނަލް ކޯޓަށް ޅ.ކުރެންދޫ މާތިލަ އާދަމް މުހައްމަދު އައްޔަނު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދ. ކުޑަހުވަދޫ ވައިލެޓްގެ، ރިޒްމީނާ، ތ. ވިލިފުށި ބަސަރާ، އަހުމަދު އަބްދުލް މަތީން އަދި ސ. މީދޫ ހަސަންކާރިގެ، ފައްޔާޒު ޝާތިރުގެ އިތުރުން މއ ޕެންޒީވިލާ އަޒްފާ އަބްދުލްގަފޫރު ސިވިލް ކޯޓަށް އައްޔަނު ކުރުމަށް ނިންމާފައިވަކަމަށެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ޖޭއެސްސީއިން ހުޅުވާލި ފުރުސަތުގައި 39 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

މިއަދު އޮންލައިން