އަމިއްލަ ޤައުމުގައި ތިބި މުސްލިމް މައިނޯރޮޓީއަށް ހެޔޮ ނޭދޭ ބައަކު، ރާއްޖެއަށް ހެޔޮ އެދޭނެކަމަށް ޤަބޫލުކުރާނީ މޮޔަބައެއް: ޝައިޚް ޒަމްޒަމް ފާރިޝް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އަމިއްލަ ޤައުމުގައި ތިބި މުސްލިމް މައިނޯރޮޓީއަށް ހެޔޮ ނޭދޭ ބައަކު، ރާއްޖެއަށް ހެޔޮ އެދޭނެކަމަށް ޤަބޫލުކުރާނީ މޮޔަބައެއް: ޝައިޚް ޒަމްޒަމް ފާރިޝް



"އަމިއްލަ ޤައުމުގައި ތިބި މުސްލިމް މައިނޯރޮޓީއަށް ހެޔޮ ނޭދޭ ބައަކު، ސަތޭކަ އިންސައްތަ މުސްލިން ރާއްޖެއަށް ހެޔޮ އެދޭނެކަމަށް ޤަބޫލުކުރާނީ މޮޔަބައެއް" ކަމަށް ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.



މި ބަސްފުޅާއިއެކު ޝައިޚް ޒަމްޒަމް ފާރިޝް ހާމަ ކުރައްވާފައިވަނީ އިންޑިއާގައި ތިބި އެހެން ދީންތަކުގެ މީހުންނަށް އިންޑިއާ ރައްޔިތުންގެ ދަރަޖަ ދޭން ހަމަޖައްސައި މުސްލިމުންނަށް ނުދޭން ހަމަޖައްސަން އިންޑިއާގެ ޕާލަމެންޓުގައި ބަހުސްކުރިއަށް ގެންދާތީ ސައުދީ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ހިންގަމުންދާ ހަމަނުޖެހުންތަކުގެ ޚަބަރެވެ.



މުސްލިމުންނާއިމެދު ބީޖޭޕީގެ ހަސަދަވެރިކަން އިންތިހާއަށް ގޮސްފައިވާއިރު އިންޑިއާގސިޓީތަކުން، މުސްލިމުންގެ ނަންތަކުން ނަން ދީފައިވާ ބައެއް ސިޓީތަކުގެ ނަންތައްވެސް މުސްލިމުންނަށް ޢަދާވާތްތެރި ބީޖޭޕީ ސަރުކާރުން މިހާރުވެސް ވަނީ ބަދަލުކޮށްފައެވެ.



ސައުދީ ގެޒެޓްގެ ޚަބަރު ވިދާޅުވުމަށް:

http://saudigazette.com.sa/article/584529

 

މިއަދު އޮންލައިން